އަންނަ ރޯދަމަހުގެ ފަހު ދިހަޔަކާ ދިމާވާތީ، ރޯދަމަހުގެ ކުރީން، ޝައުބާން މަހުގެ ތެރޭގައި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކުގެ ކޮމިޓީއާއެކު އީސީން މިއަދު ބޭއްވި ބައްދަލުވުގައި ކޮމިޓީއަށް އެކަން ހުށަހަޅުއްވައި ދެއްވީ އީސީގެ ރައީށް ފުއާދު ތައުފީގެވެ.
"ގާނޫނުގައި ކަނޑައަޅާފައިވާ ދުވަސްތަކަށް ބަލައިގެން އަޅުގަނޑުމެން ޓައިމްޓޭބަލް ރާވައިލީމަ އިންތިހާބު ބާއްވަން ޖެހޭ ދުވަހުގެ ގޮތުގައި މި އަންނަނީ 30 މާޗް 2024، އެ ދިމާވަނީ ރަމަލާން މަހުގެ 20 ވަނަ ދުވަހަށް، އަޅުގަނޑުމެންގެ ކަންބޮޑުވުމެއް އެއީ އެދުވަސްވަރާ ދިމާކޮށް، ރޯދަ މަހުގެ ފަހުދިހައެއް ފެށެން އެއްދުވަހަށް ވެފައި އޮއްވާ މި ބޭއްވުން، ރަމަލާން މަހުގައި ކެމްޕެއިން ކުރުމާ ކަންތައްތައްވެސް ވަރަށް އުނދަގޫ، ތަކުލީފިތަކެއް ލިބިގެންދާނެކަން ޔަގީން،" ފުއާދު ވިދާޅުވިއެވެ.
އޭގެ އިތުރުން ރަމަލާންމަހު އިންތިހާބުގެ މަސައްކަތްކުރުމަށް އިސީގެ މުވައްޒިފުންނަށް ވަރަށް ދަތިވާނެ ކަމަށާއި، ވޯޓު ފޯށިތައް ދަށުގައި ބަހައްޓާނެ ގިނަ އަދަދެއްގެ ވަގުތީ މީހުން ބޭނުންވާއިރު އެ މީހުން ހޯދުމަށްވެސް ވަރަށްބޮޑެތި އުނދަގޫތަކެއް ދިމާވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ގާނޫނުގައި ބަޔާންކުރާ މުއްދަތަށް އިންތިހާބަށް ތައްޔާރުވާ ނަމަ އަންނަ ޖެނުއަރީ މަހުގެ 30، އިން ފެށިގެން އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަންޖެހޭ ކަމަށެެވެ. އެއަށްފަހު 14 ދުވަހުގެ މުއްދަތެއްދީ ކެންޑިޑޭޓު ނަމްބަރު ތަރުތީބުކޮށް، ލިސްޓު ތަރުތީބުކޮށް އިއުލާނުކުރެވޭވަރުވާނީ އަންނަ ފެބްރުއަރީ މަހުގެ 17 ގައި ކަމަށްވެސް ހަބީބު ވިދާޅުވިއެެވެ. ގާނޫނުތަކުގައިވާ މުއްދަތަށް އެކަންކަން ކުރުމަށްފަހު، މާޗް މަހުގެ 19 ވަނދުވަހު އިންތިހާބު ބޭއްވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ރަމަލާން މަހުގެ ނުވަނަ ދުވަސް ކަމަށާއި، މާޗް 17 އިން 28 އަށް ގްރޭޑް 10 ސްކޫލްކުތިންގެ ޓެސްޓް ސްކޫލްތަކުގައި ބާއްވާތީ އެ ތާރީހުގައި އެކަން ކުރެވެން ނެތްކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިންތިހާބު ބާއްވަން ބޭނުން ކުރަނީ ސްކޫލްތައް ކަމަށާއި، ސްކޫލްތައް ނުލިބި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ.
"ހިނގަމުން މިދާ މަޖިލިސް މެންބަރުންގެ ދައުރުގެ މުއްދަތު ހަމަވަނީ މެއި މަހުގެ 28 އަށް، އެހެންވީމާ ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އޭގެ މާނައަކީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަދުވަހުގެ ކުރިން މަޖިލީހުގެ އިންތިހާބު ބާއްވައި އެކަމާބެހޭ އެންމެހާ ކަންކަންކޮށް ނިންމަންވާނެ ކަމަށް ގާނޫނުއަސާސީގައި ބުނޭ، ހިގަމުން މިދާ މަޖިލީހުގެ އުމުރު ހަމަވުމަަށް 120 ދުވަހަށް، އޭގެ މާނައަކީ 2024 ޖެނުއރީ 28 ވުމާއެކީގައި ގިނަވެގެން 10 ދުވަހުގެ ތެރޭގައި މަޖިލީހަަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، އިއުލާންކުރަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާބެހޭ ގާނޫނުގައި ބުނަނީ،"
އެހެންކަމުން ޖެނުއަރީ 30 ގައި އިންތިހާބަށް ކުރިމަތިލުމަަށް އިއުލާންކުރުމަށްފަހު 14 ދުވަހުގެ މުއްދަތެއްދީ، 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ކުރިމަތި ލުމުގެ މުއްދަތު ބަންދުކޮށް ފެބްރުއަރީމަހުގެ 17 ވަނަ ދުވަހު ކެނޑިޑޭޓުންގެ ގުރުއަތުން ބޭއްވިދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ވޯޓުނަގަން ޖެހޭ ތާރީހަކީ އިންތިހާބަށް ކުރިމަތިލާމީހުންގެ ނަންތައް ކޮމިޝަނުން އިއުލާން ކުރާ ދުވަހުން ފެށިގެން ގާނޫނުގައަބުނާ 30 ދުވަހުގެ މުއްދަތު ދިނުމަށްފަހު އޮންނަ ތާރީހު ކަމަށެވެ. އެހެންކަމުން ފެބްރުއަރީ 17 ވަވަނ ދުވަހު ގުރުއަތުލައި 18 ވަނަ ދުވަހު ނަންތައް އިއުލާން ކުރަވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންކަމުން މާޗްމަހުގެ 19 ވަނަދުވަހު އެއީ ރަމަލާން މަހުގެ ނުވަވަނަ ދުވަހު އަޅުގަނޑުމެންނަށް އިންތިހާބު ބޭއްވިދާނެ އެކަމަކު މާޗް 17 އިން 28 އަށް ގްރޭޑް 10 ގެ ސެކަންޑްޓާމް އެގްޒާމް އެބައޮވޭ އެހެންވީމާ އަޅުގަނޑުމެންނަށް 19 ގައި އިންތިހާބު ނުބޭއްވޭނެ އެއީ މާ ކުރިން ތާވަލް ކުރެވިގެން އޯލެވެލް ކުދިންގެ އެގްޒާމް މިއޮންނަނީ އެހެންވީމަ، މި ތާރީހަށް ބަލާއިރު އެންމެ އަވަހަށްވެސް އިލެކްޝަން އަށް އިންތިހާބު ބޭއްވޭނީ މާޗް 30 ގައި އެއީ ރަމަލާން މަހުގެ 20 ވަނަދުވަސް،"
ހަބީބު ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމުގެ ބާރު އިލެކްޝަސް ކޮމިޝަނަށް މިހާރު ނެތް ކަަމަށެވެ. ހަމައެކަނި އެކަން ކުރެެވެން އޮތީ މަޖިލީހުން ހަދާ ސަން ސެޓް ގާނޫނުގެއްގެ ދަށުން ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން މިހާއު އޮތް މަޖިލީހުގެ އުމުރު ހަމަވުމަށް 120 ދުވަސް ކުރިން އިންތިހާބަށް ކުރިމަތިލުމަށް އިއުލާން ކުރަންޖެހޭނެކަަމަށް ގާނޫނުގައިބުނާ މުއްދސަތު 140 ދުވަހަށް ބަދަލު ކުރަން، ނުވަތަ ކެމްޕެއިނަށް ކެނޑިޑޭޓުންނަށް ދޭންޖެހޭނެކަމަށް ގާނޫނުގައި ބުނާ 30 ދުވަސް 20 ދުވަހުގެ މުއްދަތަށް ސަންސެޓް ގާނޫނުން ބަދަލު ކުރެވިދާނެ ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އޭރުން ރޯދަމަސް ފެށުމުގެ ދެ ދުވަސް ކުރިން މާޗް ނުވަ ވަނަ ދުވަހު އިންތިހާބު ބޭއްވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު