އައްޑޫ ސިޓީން ގެއްލިގެން ހޯދަމުންދިޔަ ފުލުހަކު މޫދުގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މަރުވެފައިވަނީ އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ޑިއުޓީކުރާ އުމުރުން 22 އަހަރުގެ ސްޕެޝަލް ކޮންޓަބުލަރީ ފިރިހެން ފުލުހެކެވެ.
ފުލުހުން މިއަދު އޭނާ ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމާއި، އެއްވެސް ހަބަރެއް ނުވާ ކަމަށް ރޭ 12:40 ހާއިރު ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިކޮށް، ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދު މޫދުން ރޭ 1:40 ހާއިރު ފެނިފައިވާ ކަމަށާއި އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު