އައްުޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށް ދަތުރު ގޮސް އުޅުނު ޒުވާނަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫ ކައިރީގައި އޮންނަ ފަޅު ރަށެއް ކަމަށްވާ އެއްރުއްހާއަށް ދަތުރު ގޮސް އުޅުނު މީހަކު ހާލު ދެރަވެގެން ކޯސްޓްގާޑުގެ އެހީތެރިކަމާއެކު ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:55 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމީހާ ސިއްހީ މަރުކަަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެއީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އޭނާއަށް ސިއްހީ ގޮތުން ދިމާވީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.