މަސްތުވާތަކެއްޗާ އެކު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖަރަކު ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ގެއެއް ބަލައި ފާސްކޮށް 32 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ ގެ ބަލައި ފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އެއްކޮށްފައި ހުރި ތިން ބިޑި އާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ސެލޯފިން ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ވަނީ ޝަރުތުކުރުމަށް ފަހު ބަންދުން ދޫކޮށްލައިފައެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އާރްޑީސީގެ މެނޭޖަރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު