ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެ މުއްދަތު މިއަދު ހެނދުނު 11:00 އަށް ވަނީ ހަމަވެފައެވެ.
- އަބްދުﷲ ސަލާމް، މިސްކިތްދޮށުގެ، ގއ. ގެމަނަފުށި
- ރުސްދުﷲ އިބްރާހިމް، ޖަވާހިރުމާގެ، ބ. މާޅޮސް
- އަހުމަދު ނައުޝާދު، ހުދުވިލާގެ، ސ. މީދޫ
- އަލީ ނަސީރު، ގާޑެނިވިލާގެ، ބ. ކިހާދޫ
- މަރްޔަމް ނިހާޔަތު، މ. ތާޖު، މާލެ
- އަބްދުލްމާނިއު ހުސައިން، އަންބަރީގެ، ހއ. އިހަވަންދޫ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި އަހުމަދު ޝަކީލު ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރައްވަން ޖޭއެސްސީން ނިންމީ ހިތުގެ ބައްޔަކާ ގުޅިގެން ރިޓަޔާވާން އެދި ހުށަހެޅުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު