ރާއްޖެ އަކީ މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގައި އިސް ދައުރެއް އަދާކުރާ ގައުމެއް ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިޔާ ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް މޯދީ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވެފައި ވަނީ، އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ގާތް ގުޅުމަކީ ތާރީހާއި ސަގާފަތުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ.
މޯދީގެ މެސެޖުގައި، އިިންޑިޔާގެ "ނެއިބްހުޑް ފަސްޓް" ސިޔާސަތުގައި ރާއްޖެއަކީ ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއް ކަމަށާއި، މި ސަރަހައްދުގެ ސަލާމަތާއި ކުރިއެރުމުގެ ތަސައްވުރު (ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން) ގާއިމު ކޮށްދިނުމުގައި އިސް ދައުރެއް އަދާކުރާ ގައުމެއްކަމުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ އިޖުތިމާއީ އަދި އިގުތިސާދީ ކުރިއެރުމަށްޓަކައި، ރާއްޖެއާ ގުޅިގެން މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.
ކުރިއަށް އޮތް އަހަރުތަކުގައި މަލްޓި ޑައިމެންޝަނަލް ޕާޓްނާޝިޕް އިތުރު ހަރުފަތަކަށް ކުރިއަރާނެ ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށްވެސް އެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު