މިދިޔަ ފަސް އަހަރު ތެރޭގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 153 ބިލުގެ ތެރެއިން މަޖިލީހުން 120 ބިލެއް ފާސްކޮށްދީފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 17 ނޮވެންބަރު 2018 އިން ފެށިގެން އިއްޔެއާއި ހަމައަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޖުމުލަ 153 ބިލެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 120 ބިލެއް ފާސްކުރުމަށްފަހު ރައީސް ތަސްދީގު ކުރައްވައި ގާނޫނަށް ވެފައިވާ ކަމަށެވެ. އެއް ބިލު ފާސްވެފައި ނުވާއިރު ދެ ބިލެއް ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އޭޖީ އޮފީހުން ބުނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 30 ބިލެއްގެ މަސައްކަތް އެކިއެކި މަރުހަލާތަކުގައި ކުރިއަށްދާ ކަމަށެވެ.

  • ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު
  • އިންޝުއަރެންސާ ބެހޭ ބިލު
  • ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  • އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖަނަވާރުގެ ސިއްހަތާބެހޭ ބިލު
  • ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލު
  • ކުންފުނީގެ ބިލު
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނީ ފަންނުގެ ގާނޫޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު
  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު
  • ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ކުޅިވަރު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު
  • ޖޭއެސްސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
  • ކުނި މެނޭޖުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޮލު
  • މާލީ ސެކިއުރިޓީސްއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • އެޓާނީ ޖެނެރަލްގެ އޮފީހުގެ ބިލު
  • ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު
  • ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު.

އޭޖީ އޮފީހުން އިތުރަށް ބުނީ، އަދުލު އިންސާފު ގާއިމުކުރުމުގެ ދާއިރާއާ ބެހޭ ގިނަ ބިލްތަކެއް ނުނިމޭ ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭ މުހިންމު ބިލްތަކުގެ މަސައްކަތްވެސް ނިމިފައިނުވާ ކަމަށެވެ.