އިންޑިއާގައި ކުރިއަށްދާ އައިސީސީ ކްރިކެޓް ވޯލްޑް ކަޕްގެ ލީގު ބުރުގައި އިއްޔެ އަފްގާނިސްތާން ބަލިކޮށް، އޮސްޓްރޭލިއާއިން ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މުމްބާއީގެ ވަންހެދޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އޮސްޓްރޭލިއާއިން އަފްގާނިސްތާން ބަލިކުރީ ތިން ވިކެޓުންނެވެ. އެ ނަތީޖާއާ އެކު އޮސްޓްރޭލިއާއަށް މިއަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލް ޖާގައެއް ޔަގީންވެފައިވާ އިރު، އެޓީމުގެ އިތުރުން މިހާތަނަށް ސެމީ ޔަގީންކުރީ އިންޑިއާ އާއި ދެކުނު އެފްރިކާއެވެ.
ސެމީގެ ފަހު ޖާގައިގެ ފުރުސަތު ޕާކިިސްތާނާއި ނިއު ޒިލެންޑްގެ އިތުރުން އަފްގާނިސްތާނަށް އޮތް އިރު، އަށް މެޗު ކުޅުނު އިރު އެ ހުރިހާ ޓީމެއްވެސް އޮތީ އަށް ޕޮއިންޓުން ހަމަހަމަ ވެފައެވެ. ތިން ޓީމުގެ މެދުގައި މިހާރު އޮތް ތަފާތަކީ ރަން ރޭޓްގެ ތަފާތެކެވެ.
ރޭގެ މެޗުގައި ޓޮސް ދިމާވުމުން އަފްގާނިސްތާނުން ގަސްދުކުރީ ބެޓް ކުރުމަށެވެ. 50 އޯވަރުގެ ތެރޭގައި ފަސް ކުޅުންތެރިން ނުބައިވެގެން އަފްގާނިސްތާނުން 291 ލަނޑު ހެދި އިރު، އެޓީމުގެ އިބްރާހީމް ޒަރުދާން ވަނީ 143 ބޯޅައިން 129 ލަނޑު ހަދައިފައެވެ.
އޮސްޓްރޭލިއާއިން ބަދަލުގައި ކުޅެން އަރައި މެޗުން މޮޅުވީ 46.5 އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެ، 293 ލަނޑު ހަދައިގެންނެވެ. ގްލެން މެކްސްވެލް އަނިޔާގައި ހުރެ ކުޅުނު ކުޅުމާއެކުވެސް އޭނާ ވަނީ 128 ބޯޅައިން 201 ލަނޑު ހަދައި ޑަބަލް ސެންޗަރީ ފުރިހަމަ ކޮށްފައެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް