24 މިލިއަން ރުފިޔާއިން ޖޫރިމަނާކުރި އިންޑިއާ މަސްވެރީންގެ ޖޫރިމަނާ މާފުކޮށްދޭން ރާއްޖޭގައި އެދުމަށް، ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން އިންޑިއާގެ އެކްސްޓާނަލް އެފެއާސްގެ ޔޫނިއަން މިނިސްޓަރު އެސް ޖެއިޝަންކަރުގެ އަރިހުން އެދިއްޖެއެވެ.
މިދިޔަ މަހުގެ 22ގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއް ހިފަހައްޓާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ. އިންޑިއާގެ ނޫހެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން އެއީ އިންޑިއާގެ ޓަމިލް ނާޑޫގެ މަސްބޯޓެކެވެ. އެ ބޯޓާއެކު އެ ބޯޓުގެ 12 މަސްވެރިން ހިފަހައްޓާފައިވާއިރު އެ މަސްވެރީން 24 މިއަން ރުފިޔާއިން (2.2 ކްރޯޑު ރުޕީސް) އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ޖައިޝަންކަރަށް ސްޓާލިން ފޮނުއްވި ސިޓީގައި ވިދާޅުވީ އެ މަސްވެރިން ކައިބޮއެ އުޅެނީ އެ ދުވަހަކު މަހަށް ނުކުމެގެން ލިބޭ އެއްޗަކުން ކަމަށެވެ. އެ ޖޫރިމަނާގެ ފައިސާ ދެއްކޭ ވަރަށް އެމީހުންގެ ތަނަވަސްކަން ނުހުންނާނެ ކަމަށާއި އެކަމުގެ ސަބަބުން އެ މަސްވެރީންނާއި އެމީހުން އާއިލާ ދާއިމަށް ދަރަނިވެރިވެދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ސްޓާލިން ވަނީ އެމީހުންގެ ޖޫރިމަނާ މާފުކޮށްދިނުމަށާއި އެ މަސްވެރީންނާއި މަސްބޯޓު ދޫކޮށްލުމަށް ރާއްޖޭގައި އެދުމަށް ޖެއިޝަންކަރުގެ އަރިހުން އެދިވަޑައިގެންފައެވެ. އެ މަސްވެރީންނަށް އުނދަގޫ ދަނޑިވަޅަކަށް ވެފައިވާ މި ވަގުތުގައި ޖެއިޝަންކަރުގެ އެހީއަކީ އެއާއިލާތަކަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު