ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ރޭ ރެއާލް މެޑްރިޑަށް ލިބުނު ފުރުސަތުގައި ރަޔޯ ވަލެކާނޯ ބަލިނުކުރެވުން އެޓީމަށް އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެއެވެ.
ރޭ ލީގުގައި ރެއާލްއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ވަލެކާނޯ ކައިރިން އެއްވަރުވީ ގޯލެއް ނުޖެހި 0-0 ގެ ނަތީޖާއަކުންނެވެ. ރޭގެ ނަތީޖާއާއެކު ރެއާލްއިން ދެވަނައިގައި އޮތީ އެއްވަނައިގައި މިވަގުތު އޮތް ޖިރޯނާ އަށްވުރެ ދެ ޕޮއިންޓް ފަހަތުންނެވެ. ޖިރޯނާއިން ވަނީ މި ހަފުތާ ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ.
ރެއާލްއަށް 12 މެޗުން 29 ޕޮއިންޓް ލިބިފައިވާ އިރު، ޖިރޯނާއަށް 12 މެޗުން 31 ޕޮއިންޓް ލިބިފައިވެއެވެ. ތިންވަނައިގައި ބާސެލޯނާ އޮތީ 12 މެޗުން 27 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގައި ރެއާލްއިން ފުރުސަތުތައް ފަހިކޮށް ބޮޑަށް ނުރައްކާވެސް ކުރި އިރު، ފެޑަރީކޯ ވަލްވާޑޭއާއި ޖޮސެލޫގެ އިތުރުން ޖޫޑް ބެލިންހަމްއާއި ވިނީޝިއަސް ޖޫނިއާއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބި، ބޭކާރު ވެގެން ދިޔައެވެ.
ރޭގެ މެޗު އެއްވަރުކޮށް ވަލެކާނޯއިން ހޯދި ޕޮއިންޓަކީ 2000 ވަނަ އަހަރަށްފަހު އަވޭގައި ރެއާލް ކައިރިން އެޓީމު ހޯދި ފުރަތަމަ މޮޅެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބެލިންހަމްއަށް އަނިޔާވެ ފަރުވާ ދޭން ޖެހިފައިވާ އިރު، އެއީ ރެއާލްއަށް ލިބުނު ކޮންމެވެސް ވަރެއްގެ ހާސްކަމެކެވެ. މި ސީޒަނުގައި ރެއާލްއަށް އެންމެ ފޯމު ރަނގަޅުކޮށް ކުޅެމުން އަންނަ ބެލިންހަމްއަށް ލިބުނު އަނިޔާއާ ގުޅިގެން މެޗަށްފަހު ކާލޯ އެންޗެލޮޓީ ބުނީ، އެއްޗެއް ބުނަން އެނގޭނީ ސްކޭންތަކަށް ފަހުގައި ކަމަށާއި ސީރިއަސް އަނިޔާއެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ