ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ދަތައްހުލް ވުމަށް އެ ޕާޓީން ހުށަހެޅި ހުށަހެޅުން ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުން ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމުމުގެ ޖަލްސާ ނުބޭއްވޭނެ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވަމުން ގެންދަވާތީ، އަމީން އާންމުގެ އެ ނިންމެވުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށް ބުނެ، އެމްޑީޕީން ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
އެ މައްސަލަ ބަލައިގަނެ މާދަމަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފައެވެ. އަޑުއެހުން އޮންނާނީ ހެނދުނު 10:00 ޖަހާއިރެވެ.
އެ މައްސަލައަށް ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުން ވަކިވަކިން ތަދައްހުލްވުމަށް ހުށަހެޅުމުން، ސުޕްރީމް ކޯޓުން ވަނީ އެ ހުށަހެޅުން ބަލައިނުގެންފައެވެ. އެހެންވެ މިއަދު ހަވީރު ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ ޕާޓީން އެ މައްސަލައަށް ތަދައްހުލްވާން ގަރާރެއް ފާސްކުރިއެވެ.
އެ ގަރާރުގައި ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ މައްސަލައިގައި ޑިމޮކްރެޓުންގެ ފަރާތުން ވަކާލާތު ކުރާނީ ޕާޓީގެ އިންޓެރިމް ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކަނޑައަޅުއްވާ ބޭފުޅެކެވެ.
ހަސަން ލަތީފު މިރޭ "ވަން" އަށް ވިދާޅުވީ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލްވާން ޑިމޮކްރެޓްސްގެ ފަރާތުން މިއަދު ހަވީރު ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުން ބަލައިގެންފައިވާކަން އެ ކޯޓުން އަންގާފައިވާ ކަމަށެވެ.
އެހެންވެ ހަތަރު ބޭފުޅުންގެ މައްޗަށް ހިމެނޭ ޓީމަކުން މާދަމާ އޮންނަ މައްސަލައިގެ އަޑުއެހުމެއް ހާޒިރުވާނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި ދެ އަމުރެއް ނެރެދެއްވުމަށް އެދިފައިވާނެ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަނީ ދެ އަމުރެއް ނެރެދެއްވުމަށް އެދިފައެވެ. އެއީ، ރައްޔިތުންގެ މަޖިލީހުގެ 205 ވަނަ މާއްދާގެ (ބ)ގައިވާ ގޮތުގެ މަތިން، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިންމެވުމުގެ ރިޔާސަތު ބެލެހެއްޓުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހާޒިރުނުވާ ހާލަތުގައި، ހާޒިރުވެވަޑައިނުގެންނެވޭ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 44 ވަނަ މާއްދާއަށް އަމަލުކުރުން، މަޖިލީހުގެ މައްޗަށް މަޖިލީހުގެ އިދާރާއަށް ލާޒިމުވާނެ ކަމަށް ކަނޑައަޅުވައިދެއްވުމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހެޅިފައިވާނަމަ އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާމެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމާ މެދު ގަރާރާ މެދު ގޮތެއް ނިންމެވުމަށްފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)ގައި ބަޔާންކޮށްފައިވާތީ، ރައްޔިތުން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް މިހާރު ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުމަށްފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅުވައި ދެއްވުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު