ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާއިން ރެއާލް ސޮސިއެދާދު ބަލިކޮށްފިއެވެ.
ރޭ ބާސާއިން ރަށުން ބޭރުގައި ކުޅުނު މެޗުގައި އެޓީމުން ސޮސިއެދާދު ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު ރޮނާލްޑް އަރައޫހޯ ޖެހީ ފަހު މިނެޓުގައި ކަހަލަ ގޮތަކަށެވެ.
ރޭގެ މެޗު ރަނގަޅަށް ފަށައި، ބޮޑަށް ނުރައްކާ ކުރީ ސޮސިއެދާދެވެ. އެޓީމު މިވަގުތު ރަނގަޅު ފޯމެއްގައި އޮތް އިރު، ތަކެފޫސާ ކޫބޯ އާއި މާޓިން ޒުބިމެންޑީ އުފެއްދި ހަމަލާތައް މަތަކުރީ ބާސާގެ ޖަރުމަނު ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގަންއެވެ.
ބާސާއިން ދެވަނަ ހާފުގައި ފޯމު ރަނގަޅުކޮށް މެޗު ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވުނީ ގަވީގެ ބާރު ހަމަލާއެވެ. އެ ހަމަލާ މަތަކޮށް ބޭރުކޮށްލީ ސޮސިއެދާދުގެ ގޯލްކީޕަރު އެލެކްސް ރެމިރޯއެވެ. މެޗުގެ 92 ވަނަ މިނެޓުގައި ބާސާގެ ގޯލް އަރައހޯ ޖެހީ އިލްކޭ ގުންޑޮގަންގެ ހުރަހަކުންނެވެ.
އަރައޫހޯ ބޯޅައަށް ކުރިއަށް އެރި އިރު އޮފްސައިޑް މަގާމެއްގައި އޮތް ކަމަށް ފުރަތަމަ ރެފްރީ ނިންމި ނަމަވެސް، ވީއޭއާރްގެ އެހީގައި ރެފްރީ ވަނީ ނިންމުން ބަދަލުކޮށްފައެވެ.
ލަލީގާ ތާވަލުގެ އެއްވަނައިގައި އޮތް ޖިރޯނާ ރޭ އޮސަސޫނާ ކައިރިން 4-2 އިން މޮޅުވެ، އެޓީމުން ވަނީ މަގާމު ދަމަހައްޓައިފައެވެ. އެއީ 12 މެޗުން 31 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ރެއާލް މެޑްރިޑް 11 މެޗުން 28 ޕޮއިންޓާއެކު އޮތް އިރު، ބާސާ އޮތީ 12 މެޗުން 27 ޕޮއިންޓާއެކު ތިންވަނައިގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ