އައިސީސީ ފިރިހެން ކްރިކެޓް ވޯލްޑް ކަޕް 2023ގެ ލީގު ބުރުގައި ރޭ ކުޅުނު މެޗުގައި ޕާކިސްތާނުން ބަންގްލަދޭޝް ކަޓުވާލައިފިއެވެ.
އިންޑިއާގެ ކަލްކަތާގެ އެޑެން ގާޑެންސް ކުޅުނު މެޗުގައި ޕާކިސްތާނުން ބަންގްލަދޭޝް ބަލިކުރީ ހަތް ވިކެޓުންނެވެ. ރޭގެ މެޗުން ބަލިވުމާއެކު ބަންގްލަދޭޝްއިން ވަނީ މި ފަހަރުގެ މުބާރާތުން ކަޓައިފައެވެ. އެ ޓީމުން ކުޅުނު ހަތް މެޗުން ދެ ޕޮއިންޓް ހޯދާފައިވާ އިރު، އެ ނަތީޖާ އާއެކު ދެން ބަންގްލަދޭޝްއަށް ސެމީ ފައިނަލަށް ނުދެވޭނެއެވެ. މިހާތަނަށް އިންގްލެންޑާއި ބަންގްލްދޭޝްވެސް ކަޓާފައިވާ އިރު، ދެން އެންމެ އަވަހަށް ކެޓުމުގެ ފުރުސަތު އޮތީ ނެދަލޭންޑްސްއެވެ.
ޕާކިސްތާނުން ރޭ ހޯދި މޮޅާއެކު، އެ ޓީމުން ހަތް މެޗުން ހަ ޕޮއިންޓް ހަމަކޮށް، ސެމީގެ އުންމީދު ވަނީ އާކޮށްފައެވެ. މި ވަގުތު ޕާކިސްތާން ފަސްވަނައިގައި އޮތް އިރު، ހަތަރު ވަނައިގައި އޮތް އޮސްޓްރޭލިއާއިން ވަނީ ހަ މެޗުން އަށް ޕޮއިންޓް ހޯދައިފައެވެ. ނިއު ޒިލެންޑުން ތިންވަނައިގައި އޮތް އިރު، ދެކުނު އެފްރިކާ އޮތީ ދެވަނައިގައެވެ. ހުރިހާ މެޗަކުން މޮޅުވެ އިންޑިއާ އޮތީ އެއްވަނައިގައެވެ.
ރޭގެ މެޗުގައި ޓޮސް ދިމާވުމުން ބަންގްލަދޭޝްއިން ނިންމީ ބެޓް ކުރުމަށެވެ. އެ ޓީމުން ބެޓް ކުރަން އަރައި، 45.1 އޯވަރު ތެރޭގައި ކުޅުންތެރިކު ނުބައިނުވެ، 204 ލަނޑު ހަދާފައިވެއެވެ. ބަންގްލަދޭޝްއަށް އެންމެ ރަނގަޅަށް ކުޅުނު މުހައްމަދުﷲ ވަނީ 70 ބޯޅައިން 56 ލަނޑު ހަދައިފައެވެ.
ޕާކިސްތާނުން ބަދަލުގައި ކުޅެން އަރައި، 32،3 އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 205 ލަނޑު ހެދިއެވެ. ޕާކިސްތާނުގެ ފަހްރާން ޒަމަން ވަނީ 74 ބޯޅައިން 81 ލަނޑު ހަދައިފިއެވެ.
ކްރިކެޓް
ކްރިކެޓް
ކްރިކެޓް
ކްރިކެޓް