މި ދުވަސްވަރު ހުޅުމާލޭން ބިން ވިއްކުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާބަންކޯއަށް އަންގައިފިއެވެ.
ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ "ވަން" އަށް މިއަދު ވިދާޅުވީ ބިންތައް ވިއްކުން ހުއްޓާލަން އެންގީ ހުޅުމާލޭން ދިގު މުއްދަތަށް ކުއްޔަށް ދޭ ތަނަކާ ގުޅޭ ގޮތުން އާންމު ފަރާތަކުން ހުށަހެށި މައްސަލައަކާ ގުޅިގެން ކަމަށެވެ.
އޭސީސީން ބިން ވިއްކުން ހުއްޓާލަން އަންގާފައި މިވަނީ އިންތިގާލީ މަރުހަލާގައި ހުޅުމާލޭގެ ބިންތަކާ ގުޅޭ މުއާމަލާތްތައް ކުރިއަށް ގެންދާތީ އިންތިހާބީ ރައީސްގެ އޮފީހުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި މަރުހަލާގައި އަވަސް އަރުވާލައިގެން ބިންތައް ވިއްކަމުންދާއިރު، އޭގެ ތެރޭގައި ބޭރު ފަރާތްތަކަށް ބިން ކުއްޔަށް ދިނުމުގެ މުއަމަލާތްތައްވެސް ހިމެނޭކަމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެކަމާ ގުޅިގެން އާބަންކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އިދާރާގެ މަސައްކަތްތައް ކުރަމުންދަނީ އިންތިހާބީ ރައީސްގެ އޮފީހުންނާއި އޭސީސީ އަދި ޕްރައިވަޓައިޒޭޝަން ބޯޑުން ޝާއިއުކޮށްފައިވާ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައި ހަވާލާދީފައިވަނީ ބޯޑުގެ އެޖެންޑާއަށް ކަމަށާއި އެއީ އަލަށް ފަށާފައިވާ ކަންކަމެއް ނޫން ކަމަށްވެސް ބުންޏެވެ. އަދި އެއީ ކުރީއްސުރެ ހުށަހެޅި، އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ނިމި، އެގްރީމެންޓާ ހަމައަށް މަސައްކަތް ނިމިފައި ހުރި ކަންކަން ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު