ވިނަރެސް ފްލެޓްތަކުގެ ތެރެއިން ނުވިކި ހުރި ފްލެޓްތައް ވިއްކަން އާބަންކޯއިން ނިންމައިފިއެވެ.
އާބަންކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވިނަރެސް މަޝްރޫއުން ފުލެޓް ގަތުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ގަތުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަރުހާލާތައް ނިންމައި އެ ފަރާތްތަކުން ފުލެޓް އިހުތިޔާރުކޮށް ނިމުމުން އަދި އެޕްލިކޭޝަން ދޫކޮށްލުމަށް އެދިފައިވާ ފަރާތްތަކުގެ އަދަދަށް ބެލުމަށްފަހުވެސް ބާކީ ފުލެޓުތަކެއް ނުވިކި ހުންނާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
"ވީމާ، 31 އޮކްޓޯބަރު 2023ގެ ނިޔަލަށް މިހާރު ކުރިއަށްދާ މަރުހަލާތައް ނިމުމުން މާލީ ގާބިލިއްޔަތުކަން ފުރިހަމަ ނުވާ ފަރާތްތަކާއި ޔުނިޓް އިހުތިޔާރު ކުރުމަށް ދައުވަތު ދިނުމަށްފަހުވެސް ޔުނިޓް އިހުތިޔާރު ކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކުގެ ފޯމު ބާތިލުކޮށް ބާކީ ނުވިކި ހުރި ޔުނިޓުތައް ވިއްކަން ހުޅުވާލުމަށް ވަނީ ހަމަޖެހިފައި،" އާބަންކޯއިން ބުންޏެވެ.
ފުލެޓް ވިއްކުމަށް އިއުލާންކުރާ ތާރީހުން ފެށިގެން ފްލެޓުތައް ވިކި ހުސްވަންދެން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 15:00 ވަންދެން ޕޯޓަލް މެދުވެރިކޮށް، ފުލެޓް ގަތުމަށް ހުށަހެޅެން ހުންނާނެ ކަމަށް އާބަންކޯއިން ބުންޏެވެ.
އާބަންކޯއިން ނިންމާފައިވަނީ ނުވިކި ހުރި ވިނަރެސް ފުލެޓްތައް ގަތުމަށް ފޯމު ހުށަހެޅުމަށް އަންނަ ނޮވެމްބަރު މަހުގެ ފަސްވަނަ ދުވަހު ހުޅުވާލުމަށެވެ. ފޯމު ހުށަހަޅަން ޖެހެނީ އޮންލައިން ޕޯޓަލް https://my.urbanco.mv ގައިވާ "Housing" ޖަހާފައިވާ ލިންކް މެދުވެރިކޮށެވެ.
- - 18 އަހަރު ފުރިފައިވުން
- - ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ފުލެޓެއް، ބިމެއް ލިބިފައިވާ މީހަކަށް ނުވުން
- - ވިނަރެސް މަޝްރޫން ކުރިން ފުލެޓް ގަނެފައިވާ މީހަކަށް ނުވުން (ނަމަވެސް ކޯ ޕާސިޕެންޓެއްގެ ގޮތުގައި ނުވަތަ ގެރެންޓާއެއްގެ ގޮތުގައި ބައިވެރިވެފައިވާ މީހުންނަށް ފުލެޓް ގަތުމަށް ހުށަހެޅޭނެ)
- - ކޯ އެޕްލިކަންޓުގެ ގަތުގައި ކުރިން ވިނަރެސް ފުލެޓް ގަތުމަށް ހުށަހަޅާފައިވާ ފަރާތަކަށް ނުވުން (ސަބަބަކީ އެއްބަސްވުމުގެ ދަށުން ކޯ އެޕްލިކަންޓުންނަށް ފުލެޓުގެ ރަޖިސްޓްރޭޝަންގައި ހިމެނުގައި ފުރުސަތު އޮތުން)
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު