ހުޅުމާލެއިން ދޫކޮށްފައިވާ ފްލެޓްތަކުގެ ވަށައިގެންވާ ހުސް ޖާގަތައް ބޭނުން ކުރެވޭނެ ގޮތުގެ އުސޫލެއް އާބަންކޯއިން އާންމުކޮށްފިއެވެ.
އާބަންކޯ އިން އާންމުކުރި "ހުޅުމާލޭ ނެއިބަހުޑްތަކުން ދިރިއުޅުމަށް ދޫކުރާ އެއްމެދު އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތައް ބޭނުންކުރެވޭނެ ގޮތް ބަޔާންކުރާ އުސޫލު" ގައިވާ ގޮތުގައި އެ ހުސްޖާގަތައް ބޭނުންކުރުމަށް ހުއްދަ ދިން ނަމަވެސް އެއީ އާއްމު ތަންތަން ކަމަށް ވުމުން އެތަންތަނުގައި މަސައްކަތެއް ކުރަން ޖެހިއްޖެނަމަ، އެ ހުސްޖާގަ ބޭނުންކުރުމަށް ހުއްދަ ދެވިފައިވާ ފަރާތަށް އެންގުމަށްފަހު އެ މަސައްކަތް ކުރުމުގެ ހުއްދަ އާބަންކޯއަށް އޮންނާނެ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން ބަޔާންކުރާ ކަންކަމުގެ ތެރެއިން އެ ކޮމިޔުނިޓީއެއްގައި އުޅޭ ބަޔަކު ބޭނުންވާ ކަމެއް އެ ހުސް ޖާގަތަކުގައި ކުރެވޭނެ ކަމަށް އުސޫލުގައިވެއެވެ.
- އިޖުތިމާއީ ހަފުލާ ނުވަތަ އެއްވުންތައް ބޭއްވުން
- ކުޑަކުދިން ކުޅުމަށް
- ރައްޔިތުންނަށް ފައިދާކުރާނެ ކަންކަން
- އިށީނުމަށް ބޭނުންކުރާ ފަދަ ތަކެތި ބެހެއްޓުން
- ކަސްރަތު ކުރުމަށް
- ގަސް އިންދުމަށް (ހަމައެކަނި 1N، 2N އަދި 3N ނެއިބަހުޑްތަކުގެ ހުސްޖާގަތަކުގައި)
- ހުއްދަ ނުދޭ ގަހެއް އިންދުން
- ކޯޕަރޭޝަންގެ ހުއްދަ ނެތި ހުސްޖާގަތަކުގެ ބިންމަތީގައި ގަސް އިންދުން
- އިމާރާތުގައި ދިރިއުޅޭ މީހުންނާއި ހިނގާބިގާވެ އުޅޭ މީހުންނަށް އުނދަގޫވާ ފަދަ ކަންކަންކުރުން
- ގުދަން ކުރުން
- ކޯޕަރޭޝަންގެ ހުއްދަ ނެތި ވަށައިގެންވާ ހުސްޖާގަތަކުގެ އެއްވެސް ބައެއް ހިޔާކޮށް ބަންދުކުރުން
- ދުއްވާ އުޅަނދު ޕާކު ކުރުން
- އަލިފާން ހިފާނެ ތަކެތި ބެހެއްޓުން
- ކުނި ޖަމާކޮށްފައި ބެހެއްޓުން
- އެއްވެސް އިމާރާތަކަށް ވަދެ ނުކުތުމަށް ދަތިވާފަދަ ކަންތައް ކުރުން
- ވަށައިގެންވާ ހުސްޖާގަތަކުގައި ފެން އިސްކޫރު ބެހެއްޓުން
- ވަށައިގެންވާ ހުސްޖާގަތަކުގައި ކޯޕަރޭޝަންގެ ހުއްދައާ ނުލައި ގާ އެތުރުން، ތަޅުން އެޅުން ނުވަތަ ކާޕެޓް އެޅުން
- ވަށައިގެންވާ ހުސްޖާގަތަކުގައި ފެންސް ބޮލާޑް، ބިލްބޯޑު ނުވަތަ ދާ ފަދަ ތަކެތި ޖެހުން
- އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތަކުގައި ކޯޕަރޭޝަނުން އިންދާފައިވާ ގަސްތައް ނެގުން
- ކޯޕަރޭޝަންގެ ހުއްދައާ ނުލައި ގޮނޑި، ސޯފާ، ޖޯލި އަދި މޭޒު ފަދަ އިށީނުމަށް ބޭނުންކުރާ ތަކެތި ބެހެއްޓުން
- ހެނދުނު 6:00ގެ ކުރިން އަދި ހަވީރު 6:00 ގެ ފަހުން ލަވަ ޖެހުން ނުވަތަ އަޑު ގަދަވާފަދަ ކަންކަން ކުރުން
- ވަކި ފަރާތަކަށް މާލީ މަންފާއެއް ވާފަދަ ކަމެއް ކުރުން ނުވަތަ އެފަދަ ގޮތަކަށް ހުސްޖާގަ ބޭނުންކުރުން
- ހާމަކޮށް އަލިފާން ބޭނުންކޮށްގެން ކުރާ ކަންކަން ކުރުން
- ވަކި ފަރާތެއްގެ އަމިއްލަ ބޭނުމަށް ބޭނުން ކުރުން
- ވިލާތު ކުންނާރު ގަސް
- ޖަނބުރޯލު ގަސް
- ޖޭމު ގަސް
- ލެމަން ގްރާސް
- ހުވަނދު މާ ގަސް
- މުރަނގަ ގަސް
- ފަޅޯ ގަސް
- ބިލިމަގު ގަސް
- ލުނބޯ ގަސް
- ހިކަނދިފަތް ގަސް
- ކާމަރަނގަ ގަސް
- ރާނބާ ފަތް
ގަސް އިންދުމަށް ހުއްދަ ދެވިފައިވަނީ ހަމައެކަނި ފޭސް އެކެއްގެ ކޮމިއުނިޓީ ތަކަށެވެ. ނަމަވެސް ޕޮޓުގައި ގަސް އިންދުމުގެ ހުއްދަ ދެ ފޭސްގެ ކޮމިއުނިޓީތަކަށްވެސް ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު