މަނާ ބޭހަށް ޕޮސިޓިވްވީ ދަރިފުޅުގެ ކޯފް ސިރަޕްގެ ސަބަބުން ކަމަށް އާޖެންޓީނާއާ އެކު ވޯލްޑް ކަޕް ކާމިޔާބުކުރި ޕަޕޫ ގޮމޭޒް ބުނެފިއެވެ.
އުމުރުން 35 އަހަރުގެ ގޮމޭޒް، މަނާ ބޭހަށް ޕޮސިޓިވްވެފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހު ސެވިއްޔާއަށް ކުޅެނިކޮށް ހެދި ޑޯޕިން ޓެސްޓަކުންނެވެ. އޭގެ ފަހުން އޭނާ އާޖެންޓީނާއާ އެކު ވޯލްޑް ކަޕްގައިވެސް ކުޅެފައިވާ އިރު، އެ މުބާރާތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ މެޗެއްގައި ގޮމޭޒް ކުޅެފައިވެއެވެ.
މި ސީޒަނަށް އިޓަލީގެ މޮންޒާއަށް ބަދަލުވި ގޮމޭޒް، މިހާތަނަށް އެ ކްލަބަށް ކުޅެފައި ވަނީ އެންމެ ދެ މެޗެވެ. އެ ކްލަބުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޕެނިޝް އެންޓި ޑޯޕިން އެޖެންސީން ހެދި ޑޯޕިން ޓެސްޓަކަށް ގޮމޭޒް ޕޮސިޓިވްވެ، ފީފާއިން އެކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ގޮމޭޒް ޕޮސިޓިވް ވެފައި ވަނީ ޓާބިއުޓަލީން އަށެވެ. އެއީ އާންމުކޮށް ނޭވާލުމަށް އުނދަގޫވާ މީހުން ބޭނުންކުރާ ބޭހެކެވެ.
"އަހަރެން މަނާ ބޭހަށް ޕޮސިޓިވްވާނެ ފަދަ ކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް ކަހަލަ ބޭހެއް ބޭނުމެއް ނުކުރަން. އާންމުކޮށް ޓާބިއުޓަލީން ބޭނުންކުރުމަކީ އެތުލީޓުންނަށްވެސް މުޅިން މަނާ ކަމެއް ނޫން. އެއީ ކުޅިވަރުގެ ޕާފޮމަންސް އިތުރު ކުރުމަށް ބޭނުންކުރާ ބާވަތެއްގެ ބޭހެއް ނޫން. އަހަރެންގެ ދަރިފުޅު ގެންގުޅޭ ކޯފް ސިރަޕް ބުއިމުން ޕޮސިޓިވްވި ކަމަށް ބެލެވެނީ،" ގޮމޭޒް ބުންޏެވެ.
ގޮމޭޒް 2022 ވަނަ އަހަރު ސެވިއްޔާއަށް ބަދަލުވީ އޭގެ ކުރިން ހަތް އަހަރު އެޓްލާންޓާއަށް ކުޅުމަށްފަހުއެވެ. އެ ކްލަބު އަލަށް ޗެމްޕިއަންސް ލީގަށް ގެންގޮސް ދިނުމުގައި ގޮމޭޒްގެ ދައުރު ބޮޑެވެ.
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ
އާޖެންޓީނާ