ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ލިޔެކިޔުންތަކެއް ނައްތާލަމުންދާ ކަމަށް ބުނާ މައްސަލަ އެ ކުންފުނީގެ ހެޑް އޮފީސް އެސްޓީއޯ އަށް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑެ) ވިދާޅުވެއްޖެއެވެ.
އެފްއެސްއެމްގެ ލިޔެކިޔުންތަކެއް ކަމަށްބުނާ ލިޔެކިޔުންތަކެއް، ކޮންކްރީޓް ގަށާ މެޝިނަކަށް އަޅައި ތިލަފުށީގައި ނައްތާލަމުން ދިޔަ ކަމަށްބުނާ ވީޑިއޯއެއް އިއްޔެ ވަނީ ސޯޝަލް މީިއާގައި އާންމުވެފައެވެ.
އިންތިހާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރު ފޯރުވަމުންދާތީ، އިންތިހާބުތައް އިންސާފުވެރި ކުރުމަށާއި މިނިވަންކުރުމަށް ވެފއިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް، މަގުފަހި ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑެ މިއަދު ވިދާޅުވީ، އެ މައްސަލަ ރިޕޯޓު ކުރި މުވައްޒްފުވެސް މިހާރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ބޮންޑެ ވިދާޅުވީ، އެފްއެސްއެމް އަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކުންފުންޏެއް ކަމަށާއި، އޭގެ ތެރޭގައި ތެޔޮ ނާޅައި ތެލުގެ ސަބްސީޑީގެ ގޮތުގައި އެތައް މިލިޔަން ރުފިޔާ ނަގާފައިވާ ކަމުގެ ހިޔާނާތުގެ މައްސަލަތައްކެއް އެ ކުންފުޏާމެދު އުފެދިފައިވާއިރު އެފަދަ ތަނެއްގެ ލިޔުންތައް އަންދާލެވިގެން ނުވާނެ ކަމަށެވެ.
އެފްއެސްއެމް އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ވާތީ އެ މައްސަލަ އެސްޓީއޯ އަށް ހުށަހެޅުއްވީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު