ހދ. މަކުނުދޫގައި އެއްޗެއް ގޮވައި ދެ މީހަކު މަރުވެއްޖެއެވެ.
އެކަން އެ ރަށު ކައުންސިލުންނާއި ފުލުހުންވެސް ވަނީ "ވަން" އަށް ކަށަވަރުކޮށްދީފައެވެ. ފުލުހުން، މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގޮވާފައިވަނީ އެ ރަށު މަސްމާރުކޭޓް ސަރަހައްދުގައި އޮތް ގޭސް ސިލިންޑަރެއް ކަމަށެވެ.
ހާދިސާގައި މަރުވެފައިވަނީ ދެ ބިދޭސީން ކަމަށާއި އެ މީހުންނަކީ އެ ރަށު އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުން ކަމަށްވެސް ބުންޏެވެ.
މަކުނުދޫން ވާހަކަދެއްކި މީހަކު "ވަން" އަށް ބުނީ ގޮވި ސަރަހައްދުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެންނަން އެބަހުރި ކަމަށާއި ދެ މީހެއްގެ ފޯނުގެ ބައިތަކެއްވެސް ފެންނަން އެބަހުރި ކަމަށެވެ.
"ވަން" އަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ގޮވުމުގެ ބާރުގަދަވުމުގެ ސަބަބުން ކައިރީގައި އިމާރާތުގެ ބިއްލޫރިތަކާއި ފަޅުގައި އަޅާފައި ހުރި ބައެއް ދޯނިތަކުގެ ބިއްލޫރިތައްވެސް ތަޅައިގެން ގޮސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު