ށ. ނަލަންދޫގައި ރިސޯޓު ހެދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ނަލަންދޫގައި ރިސޯޓު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހު ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ. އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަންވާނެ ކަމަށެވެ. ބިޑް ސެކިއުރެޓީގެ ގޮތުގައި 10،000،000 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ބީލަން ހުށަހެޅުމާ ގުޅޭގޮތުގެ މައުލޫމާތު ފޮތް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ. އަދި މިނިސްޓްރީގެ ރިސެޕްޝަނުން ވެސް ލިބެން ހުންނާނެ ކަމަށް ބުންޏެވެ.
ނަލަންދޫއަކީ 63.99 ހެކްޓަރުގެ ރަށެކެވެ. އެ ރަށުގައި ހަދަން ނިންމާފައިވަނީ 200 އެނދުގެ ރިސޯޓެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ރިސޯޓު ހެދުމަށް ނަލަންދޫ ކުއްޔަށް ދޫކުރާނީ 50 އަހަރުގެ މުއްދަތަކަށް ކަމަށާއި ކޮންސްޓްރަކްޝަން ޕީރިއަޑުގެ ގޮތުގައި 36 މަސް ދުވަސް ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަލަންދޫގައި ރިސޯޓު ހެދުމަށް މިއަހަރުގެ އޮގަސްޓު މަހުގެ 21 ވަނަ ދުވަހު ވެސް ވަނީ ބީލަމަށް ހުޅުވާލައިފައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި