ހަގީގީ އިންގްލެންޑް ސްޕޯޓަރުން ކުޅުންތެރިންނަށް "ބޫ" އެއް ނުކުރާނެ ކަމަށް ޑިފެންޑަރު ހެރީ މެގުއާ ބުނެފިއެވެ.
ސައުދީ އަރަބިއާގެ އަލް-އެއްތިފާގަށް ކުޅެމުންދާ ޖޯޑަން ހެންޑަސަންއަށް ދާދިފަހުން އިންގްލެންޑް ސަޕޯޓަރުން "ބޫ" ކޮށްފައިވާ އިރު، އޭގެ ކުރިން މެގުއާއަށްވެސް އިންގްލެންޑް ސަޕޯޓަރުން ވަނީ ނަފުރަތު އަމާޒުކޮށްފައެވެ. ހެންޑަސަންއަށް އިންގްލެންޑް ސަޕޯޓަރުން ބޫ ކުރީ ސައުދީ އަރަބިއާ ލީގަށް ކުޅެމުންދާތީއެވެ.
އިންގްލެންޑް ގައުމީ ޓީމަށް މިހާތަނަށް 79 މެޗު ކުޅެފައިވާ ހެންޑަސަން، މީގެ ކުރިން ލިވަޕޫލަށް ގިނަ މެޗުތަކެއް ކުޅެދީ އެ ކްލަބުގެ ކެޕްޓަން ކަންވެސް ކޮށްފައިވާ އިރު، ހެންޑަސަން އެ ކްލަބު ދޫކޮށްލީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ގައެވެ. ލިވަޕޫލް ދޫކޮށް ހެންޑަސަން ބަދަލުވީ ސައުދީގެ އަލް-އެއްތިފާގަށެވެ.
އެ ޓްރާންސްފާއާ އެކު އިނގިރޭސި ބައެއް ސަޕޯޓަރުން އޭނާއަށް ފާޑު ކިޔާފައިވެއެވެ. އެއީ ސައުދީގައި އެއްޖިންސުން ގުޅުން ހިންގުމާއި ދީނީ މިނިވަންކަމަށް ޖާގަ ނޯންނާތީ ކަމަށް ބުނެއެވެ. އެ މައްސަލަތަކުގައި އާންމުކޮށް އިނގިރޭސި ސަޕޯޓަރުން ގައުމުތަކުގެ ސަގާފަތާއި ދީނަށް އިހުތިރާމް ކުޑަކުރާތަން ފެނިފައިވެއެވެ.
"ހަގީގީ އިންގްލެންޑް ސަޕޯޓަރުން ކުޅުންތެރިންނަށް ބޫއެއް ނުކުރާނެ. ހާއްސަކޮށް ގައުމީ ޓީމަށް އުމުރު ހުސްކޮށް، ގައުމީ ޓީމަށް އެތައް މެޗެއް ކުޅެދީ، އެތައް އުފާވެރިކަމެއް ފުޓުބޯޅައިން ގެނެސްދޭ ކުޅުންތެރިންނަށް ސަޕޯޓަރުން ބޫ ކޮށްގެން ނުވާނެ،" މެގުއާ ބުންޏެވެ.
ހެންޑަސަންއަށް "ބޫ" ކުރުމާ ގުޅޭ ގޮތުން އިންގްލެންޑް ކޯޗު ގެރެތު ސައުތުގޭޓްވެސް ވަނީ ސަޕޯޓަރުންނާ ސުވާލު އުފައްދައިފައެވެ. އޮސްޓްރޭލިއާ މެޗަށްފަހު އޭނާ ބުނީ ހެންޑަސަންއަށް ބޫ ކުރުމަކީ ހަމަނުޖެހޭ ކަމެއް ކަމަށެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު