ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކި މައްސަލައެއްގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކެއްގެ ބަންދު މުއްދަތު އިތުރުކޮށްފިއެވެ.
މާލޭގައި ހިންގަމުންދިޔަ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވަނީ، ތިން ދިވެހީން ހައްޔަރުކޮށްފައެވެ. އެއީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.
އޭގެ ތެރެއިން 35 އަހަރުގެ އަންހެން މީހާއަށާއި 41 އަހަރުގެ ފިރިހެން މީހާ ބަންދަށް ކްރިމިނަލް ކޯޓުން ދިހަ ދުވަސް ދިންއިރު 44 އަހަރުގެ އަންހެން މީހާގެ ބަންދަށް ދިނީ ފަސް ދުވަހެވެ.
އެ މީހާއަށް ދިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު އިއްޔެއަށް ހަމަވާތީ، ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ، ށ އަތޮޅުގެ ރަށަކަށް ނިސްވަތްވާ އެ މީހާގެ ބަންދަށް އިތުރު 10 ދުވަސް ދީފައެެވެ.
ކޯޓު އަމުރުގައިވާ ގޮތުގައި އެ އަންހެން މީހާގެ މައްޗަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި އެބަ ހުއްޓެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު