އަތޮޅުތެރޭގެ އާރުޓީއެލް ބަހުގެ ހިދުމަތުގައި ކޮންޓެކްޓްލެސް މާސްޓާ ކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާދެއްކޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.
އެ ކުންފުނިން މިއަދު ނެރުނު އިއުލާނުގައި ބުނީ އާރްޓީއެލް އަތޮޅުތެރޭ އާންމު ބަހުގެ ހިދުމަތުގައި ކޮންޓެކްޓްލެސް މާސްޓާކާޑު އަދި ވިސާ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ހިދުމަތް މިހާރު ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ.
މި ހިދުމަތްތައް މިހާރު ލިބޭނީ އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ހއ. ދިއްދޫ، ލ.ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫ / ކަޅައިދޫގައި ދެމުން އަންނަ ބަހުގެ ހިދުމަތުގައި ކަމަށާއި މާސްޓާކާޑު އަދި ކޮންޓެކްޓްލެސް ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު މިއަދުން ފެށިގެން ހަމަޖެހިފައިވާކަމަށް އެކުންފުނިން ބުނެއެވެ.
އެގޮތުން ބޭންކް އޮފް މޯލްޑިވްސް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ މާސްޓާ ކާޑު ނުވަތަ ވިސާ ކާޑެއްކަމުގައި ވީނަމަވެސ،ް އެ ކާޑަކީ ކޮންޓެކްޓްލެސް ޑެބިޓް އަދި ކްރެޑިޓް އީއެމްވީ ކާޑެއް ނަމ،ަ އެ ކާޑު މެދުވެރިކޮށް އާރްޓީއެލް އަތޮޅުތެރޭގެ އާއްމު ބަހުގެ ހިދުމަތުގެ ޓިކެޓް ލިބޭނެ ކަމުގައިވެސް އެ ކުންފުނީގެ އިއުލާނުގައި ވެއެވެ.
އާރްޓީއެލްގެ ދަށުން އަތޮޅުތެރޭގައި ދެމުން އަންނަ އާއްމު ބަހުގެ ހިދުމަތުގައި "ފިކްސްޑް ފެއާ" ރޫޓާއި "ޑިސްޓެންސް ފެއާ" ރޫޓު ހިމެނެއެވެ. އެގޮތުން، "ފިކްސްޑް ފެއާ" ރޫޓުގައި މުޅި ރޫޓަށް ކަނޑައަޅާފައި ވާނީ އެއް އަގެކެވެ. އެހެންކަމުން މިރޫޓުން ދަތުރު ކުރައްވާއިރު ކަސްޓަމަރުން ޓިކެޓް ވެލިޑޭޓަރުގައި ޓެޕް ކުރައްވަން ޖެހިވަޑައިގަންނަވާނީ ބަހަށް އަރައި ވަޑައިގަންނަވާއިރު އެކަނި ކަމަށްވެސް އިއިއުލަނުގައި ވެއެވެ.
ނަމަވެސް "ޑިސްޓެންސް ފެއާ" ރޫޓުގައި އަގު ކަނޑައަޅާފައިވާނީ އެ ރޫޓުގައި ދަތުރުކުރާ ދުރުމިނަށް ބިނާކޮށްކަމަށާއި، މި ރޫޓުގައި ދަތުރުކުރައްވާ ކަސްޓަމަރުން ބަހަށް އަރާވަޑައިގަންނަވާއިރު "ޓެޕް އިން" ކުރައްވާ ފަދައިން ބަހުން ފައިބާވަޑައިގަންނަވާއިރު "ޓެޕް އައުޓްވެސް" ކުރައްވަން ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.
ހަމައެހެންމެ، "ޑިސްޓެންސް ފެއާ" ރޫޓެއްގައި ދަތުރު ކުރައްވާއިރު "ޓެޕް އައުޓް" ކުރަން ހަނދާން ނެތިއްޖެނަމަ އެ ރޫޓަށް ކަނޑައަޅާފައިވާ ޖުމްލަ އަގު ކެނޑޭނެ ކަމަށްވެސް ވަނީ އިއުލާނުގައި ބުނެފައެވެ.
"ފިކްސްޑް ފެއަރ" ރޫޓުތައް:
* ލ.އިސްދޫ – ކަލައިދޫ، ސ.ހުޅުމީދޫ، ޏ. ފުވައްމުލަށް، ހއ. ދިއްދޫ: ފަސް ރުފިޔާ
* އައްޑޫ ސިޓީ މެއިން ކަނެކްޓާ 1 އަދި އައްޑޫ ސިޓީ މެއިން ކަނެކްޓާ؛ ސ. ގަން، ސ. ފޭދޫ، ސ. މަރަދޫފޭދޫ، ސ. މަރަދޫ،
ސ. ހިތަދޫ އަށް ފަސްރުފިޔާ
* ލ. ގަމުން، ލ. ފޮނަދޫ، ލ.ފޮނަދޫ، ލ. ގަން: ފަސް ރުފިޔާ އާއި ވިހި ރުފިޔާ އާއި ދޭތެރޭ އަގުތަކެއް
މި ހިދުމަތް 65 އަހަރުން މަތީގެ މީހުންނަށާއ،ި 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ދެއްކެވުމުން ހިލޭ ޓިކެޓްލިބޭނެކަމަށާއި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށާއި، ޔުނިފޯމްގައި ތިބޭ ސްކޫލް ކުދިންނަށާއި ކޮލެޖް ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންނަށް ސްޓޫޑެންޓް ކާޑު ދެއްކުމުން ބަހުގައި ހިލޭ ދަތުރު ކުރެވޭނެ ކަމަށްވެސް އެމްޓީސީސީން މިއަދު ނެރުނު އިއުލާނުގައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު