ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކަން ތިއްބައި ހައްޔަރު ކުރި ތިން ދިވެހިންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.

ކުރިމިނަލް ކޯޓުން އިއްޔެ ވަނީ މި މައްސަލައިގައި ހައްޔަރު ކުރި އުމުރުން 35 އަހަރުގެ އަންހެން މީހާ އާއި 41 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ. އެ އަންހެން މީހާ އަކީ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ކޯޓު އަމުރުގައިވެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި 44 އަހަރުގެ އަންހެން މީހާގެ ބަންދަށް ހެހީ ފަސް ދުވަހެއެވެ. އޭނާގެ ބަންދަށް ފަސް ދުވަސް ޖެހީ އޭނާ މިމަހުގެ 12 ވަނަ ދުވަހު ހައްޔަރު ކުރި އިރު ފުލުހުން އަމަލު ކުރި ގޮތާ ގުޅިގެން ވަކީލުންގެ ފަރާތުން މަޝްވަރާކުރުމަށް ބޭނުންވާ ކަމަށް ބުނުމުން ކަމަށް ކޯޓު އަމުރުގައިވެއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓާއި ސްޕެޝަލިސްޓް އޮފަރޭޝަން އަދި އިންޓެލިޖެންސް ގުޅިގެންނެވެ.