ހއ. ދިއްދޫ ނެރު މައްޗަށް ލޯންޗެއް އުރި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 7:30 އެހާކަންހާއިރު ކަމަށެވެ. ހާދިސާގައި ލޯންޗުގައި ތިބި މީހުންނަށް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށާއި އެ މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ އެ ލޯންޗަކީ ހއ. ވަށަވަރު ފުރައިގެން ދިއްދުއަށް ދިޔަ ލޯންޗެއް ކަމަށެވެ. އެ ލޯންޗުގައި ދިހަ މީހުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދިއްދޫ ނެރަ ވަންނަނިކޮށް ރާޅެ އެރުމުގެ ސަބަބުން ނެރުގެ ފައިކައްޓަށް ލޯންޗު އެރީ. ލޯންޗު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި ލޯންޗުގައި ތިބި 10 މީހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށެވެ. އެ އެންމެންނަށް ދިއްދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފުސީލު އަދި އެނގިފައިނުވާ ކަމަށް ވިދާޅުވިއެވެ.
ދިއްދޫ ހޮސްޕިޓަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދޭތީ އަނިޔާގެ ތަފުސީލު ލިބޭ ގޮތެއް އަދި ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު