ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ އަތުން ފަސް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ ހަތް ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އައި ޕާކިސްތާނުގެ ރައްޔިތެއްގެ ލަގެޖުން 4.720 ކިލޯގެ މަސްތުވާ ތަކެތި އަތުލައިގެންފައިވާ ކަމަށެވެ.
އަދި އެ ތަކެތި އަތުލައިގެންފައި ވަނީ 20 އަހަރުގެ އަންހެނެއްގެ ލަގެޖުން ކަމަށާއި ކަސްޓަމްސްއިން ކުރި ތަހުލީލުތަކުން އެ ތަކެތި ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ބުންޏެވެ.
އެ އިދާރާއިން ބުނީ އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު އުޅެނީ 5،800،000 ރުފިޔާގައި ކަމަށެވެ. އަދި އަތުލައިގެން މަސްތުވާ ތަކެއްޗާއި ފަސިންޖަރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ބުންޏެވެ.
މިދިޔަ މަހުވެސް 28 ވަނަ ދުވަހުވެސް ކަސްޓަމްއިން ވަނީ ހަތަރު ކިލޯގެ ހެރޮއިން އަތުލައިގެންފައެވެ. އެ ތަކެތީގެ މަގުމަތީ އަގުވެސް ފަސް މިލިއަނަށް އަރާ ކަމަށް ކަސްޓަމްސްއިން އޭރު ބުނެފައި ވެއެވެ. އެ ތަކެތި އަތުލައިގަތީ ދުބާއީއިން އައި އެއާކާގޯ ޝިޕްމެންޓަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު