ވ އަތޮޅާއި ބ. އަތޮޅުގެ 12 ސަރަހައްދެއް ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ ހިމާޔަތް ކުރަން ނިންމި ސަރަހައްދުތަކަކީ ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ، ދިރޭތަކެތީގެ ނަސްލުން މުއްސަނދި ވެފައިވާ ގުދުރަތީ ރީތި މަންޒަރުތަކެއް ހިމެނޭ ތިމާވެށީގެ ހާއްސަ ހިދުމަތްތަކަކާއި ވަސީލަތްތަކެއް ފޯރުކޮށްދޭ ސަރަހައްދުތަކެއް ކަމަށެވެ.
- ވ. ކަވަރުފަޅު ސަރަހައްދު
- ވ. ފޮއްތެޔޮ ސަރަހައްދު
- ވ. ހިނގާކުޅީ ފިނޮޅު ސަރަހައްދު
- ވ .ތުޑުހުރާ
- ވ. ރުއްހުރި ހުރާ
- ވ. ރަކީދޫ ކޯނަރު
- ވ. ފުށިފަރު ފަރުގެ ސަރަހައްދު
- ވ. ހުރާ ފަޅު
- ބ. ހުރާފަރު ސަރަހައްދު
- ބ. ދަރަވަންދޫ ތިލަ ސަރަހައްދު
- ބ. ނެލިވަރު ސަރަހައްދު
- ބ. އިންނަފުށި ސަރަހައްދު
މި ސަރަހައްދުތައް ހިމާޔަތްކުރީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019-2023ގެ ދަށުން ކޮންމެ އަތޮޅަކުން މަދުވެގެން ފަރުގެ 10 ޕަސަންޓު ސަރަހައްދާއި ކުޅި، ފާ، ޗަސްބިމުގެ 20 ޕަސަންޓު ހިމާޔަތްކުރުމާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފިނޮޅާއި އެއް ފަރާއި އެއް ކަނޑޫފާ ޗަސްބިން ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު