އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމުގެ އިތުރު ދައުރަކަށް އަލީ ނަޝާތު އައްޔަން ކުރަން ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި ނަޝާތަށް ރުހުންދީ، އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ފާސްވީ ކޮމިޓީގެ އަށް މެންބަރުންގެ ވޯޓުންނެވެ.
އީސީގެ މެމްބަރު ކަމަށް ނަޝާތު އައްޔަންކުރީ 25 ޖުލައި 2018ގައެވެ. އޭނާގެ ދައުރު މިދިޔަ ޖުލައި މަހުގެ 25 އަށް ވަނީ ހަމަވެފައެވެ. އަދި އިތުރު ދައުރަކަށް ނަޝާތު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ، އޭނާގެ ނަން މަޖިލީހަށް ފޮނުވީ މި އަހަރުގެ މެއި މަހު 29ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލަ އޮތީ މަޖިލީހުގައި ކުރިއަށް ނުގޮހެވެ.
އެހެންކަމުން މިދިޔަ ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށް ދިޔައީ އީސީގެ މެންބަރުންނާއެކުއެވެ. އެއީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބް ރައީސް އިސްމާޢީލް ހަބީބު އަބްދުއްރަހީމްގެ އިތުރުން މެންބަރު ޑރ. މުހައްމަދު ޒާހިރާއި މެމްބަރު މުހައްމަދު އާސިފް ހިމެނޭ ގޮތުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު