ވަރިވާން ދިޔަ އަންހެނަކަށް ގުޅައި ޒާތީ މެސެޖުތަކެއް ކުރި ކަމަށް ތުހުމަތުވާ ހދ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލީ އާދަމް މަގާމުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.
އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންނެވެ.
އަލީ އާދަމްގެ މައްސަލަ ބެލުމަށްފަހު، ޖޭއެސްސީން ވަނީ އޭނާ ސަސްޕެންޑްވެސް ކޮށްފައެވެ.
މީގެ ކުރިންވެސް އަލީ އާދަމްއާ ގުޅޭ އެފަދަ މައްސަލައެއް ޖޭއެސްސީން ވަނީ ބަލައިފައެވެ.
އެމައްސަލައާ ގުޅިގެން މިއަހަރުގެ މެއި 25 ދުވަހުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ވެސް އަލީ އާދަމަށް އަންގައި ސަސްޕެންޑު ކުރިއެވެ. އޭނާ މިހާރުވެސް ހުރީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކޮށްފައެވެ.
އޭނާ މަގާމުން ވަކި ކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބެލުމަށްފަހު، އޭނާ ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން ނިންމައި، މަޖިލިސް ތަޅުމަށް ރިޕޯޓު ހުށަހެޅުމުން މަޖިލިސް ތަޅުމުގައި ވޯޓަށް އަހައިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު