މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި އެކްސިޑެންޓުގައި ސީރިޔަސް އަނިޔާވިތަކެއް ލިބުނު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ އަހުމަދު މަނިކު ރޭ ދަންވަރު ނިޔާވެއްޖެއެވެ.
އެކްސިޑެންޓަށް ފަހު އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން 74 އަހަރުގެ އަހުމަދު މަނިކު ނިޔާވީ ރޭ ދަންވަރުއެވެ.
އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާތަކާ ގުޅިގެން ހާލު ސީރިއަސްވުމުގެ ސަބަބުން ޑޮކްޓަރުން އޮތީ އުންމީދު ވެސް ކަނޑާލައިފައެވެ.
ގދ. ގައްދުއަށް އުފަން އަހުމަދު މަނިކު އެކްސިޑެންޓުވީ ސައިކަލްގައި ދަނިކޮށް، ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮކްސިޖެން ކެފޭ ކައިރިން ކާރެއްގައި ޖެހިގެންނެވެ.
އޭނާއަކީ ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުގެ ވެސް ބައްޕައެވެ.
އޭނާގެ ޖަނާޒާ އޮންނާނީ މިއަދުގެ އަސްރު ނަމާދަށް ފަހު ހުޅުމާލޭގެ ސަހަރާ މިސްކިތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު