ބޮޑުތަކުރުފާނު މަގުގައި މިރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ ބައްޕަ، އަހުމަދު މަނިކަށް ކަން އެނގިއްޖެއެވެ.
ފުލުހުން "ވަން" އަށް މިރޭ ބުނީ މިރޭ 7:44 ހާއިރު އޮކްސިޖަން ރެސްޓޯރެންޓު ކައިރިން ސައިކަލަކާއި ކާރެއް ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ސައިކަލު ދުއްވަން އިނީ އަހުމަދު މަނިކެވެ. އޭނާއަކީ، ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުގެ ވެސް ބައްޕައެވެ.
އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އަހުމަދު މަނިކަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ. އޭނާގެ ބޮލަށް ލިބުނު އަނިޔާއާ ގުޅިގެން ހާލު ސީރިއަސްވުމުގެ ސަބަބުން ޑޮކްޓަރުން އުންމީދު ކަނޑާލާފައިވާކަން އެނގިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު