ރަޝިޔާއިން ޔޫކްރޭނަށް ދިން ހަމަލާއެއްގައި 51 މީހުން މަރުވެއްޖެއެވެ.
ރަޝިޔާ ޔޫކްރޭން ހަނގުރާމައިގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި އެއް ހަމަލާ ކަމުގައި ބެލެވިފައިވާ، މި ހަމަލާގައި ރަޝިޔާއިން ވަނީ ޔޫކްރޭނުގެ އިރުމަތީ ކުޕިއަނިސްކު ސިޓީގައި ހުންނަ ވިލެޖަކަށް މިސައިލު ހަމަލާއެއް ފޮނުވައިލައިފައެވެ.
މި ހަމަލާގައި އެ ވިލެޖަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޔޫކްރޭނުގެ އިންޓީރިއާ މިނިސްޓަރު އިހޯ ކްލީމެންކޯ ވިދާޅުވެފައިވެއެވެ.
ހަމަލާގެ ސަބަބުން ފަހު އެ ވިލެޖުގެ ގިނަ އަދަދެއްގެ މީހުނަށް އެކި ވަރުގެ އަނިޔާ ވެފައިވާ އިރު، އެ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް އޮފިޝަލުން ބުނެއެވެ.
މަރުވި 51 މީހުންގެ ތެރޭގައި 6 އަހަރުގެ ކުޑަކުއްޖަކުވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި މިހާތަނަށް 29 މީހެއްގެ ހަށިގަނޑު ދެނެގަނެވިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ރަޝިޔާ އާއި ޔޫކްރޭނުން ހަމަލާ ބަދަލުކުރުން އިތުރުވެފައިވާއިރު ދެ ގައުމުގެ ވެސް ގިނަ އަދަދެއްގެ އާންމުންނަށް ވަނީ ހަމަލާ އަމާޒުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ