ބޭނުންފުޅުވާގޮތަށް، އަދި ޕީޕީއެމްގެ ރައީސް އަބުދުﷲ ޔާމީން އަބްދުލްގައްޔޫމާ، ކަންކަމުގައި މަޝްވަރާ ނުކުރެއްވޭ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ، "ވަން މީޑިއާ" އަށް މިއަދު ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައެވެ.

ދައުލަތް ހިންގުމުގެ އެކި ކަންކަމުގައި، ރައީސް ޔާމީނާ މަޝްވަރާ ކުރައްވަންތޯ، ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވި، "މިއޮތް ހުރިހާ ދުވަހު ޖަލުގަ ހުންނެވީ، ބޭނުންގޮތަކަށް މަޝްވަރާއެއް އަދި ނުކުރެވޭ، މިހާރު ގޭގަ އިންނެވީ،" ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ރައީސް ޔާމީންގެ ތަޖުރިބާގެ އަލީގައި މުހިއްމު ކަންކަމާއި ގައުމުގައި ހުރި ބޮޑެތި މައްސަލަ ތަކުގައި ކަންކަން ނިންމެވުމުގައި ރައީސް ޔާމީންގެ ލަފާ ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި މުހިއްމު ކަންކަމުގައި އެމަނިކުފާނުގެ ތަޖުރިބާގެ އަލީގައި އަޅުގަނޑަށް ލަފާ ދެއްވައި، މުހިއްމު ކަންކަމުގަ އާއި ގައުމުގައި ހުރި ބޮޑެތި މައްސަލަ ތަކުގައި ކަންކަން ނިންމުމުގައި ލަފާ ލިބިގެންދާނެ ކަމަށް، އަދި ހަމަ އިނީޝިއަލް ސްޓޭޖް މީ އެހެންކަމުން އުއްމީދު ކުރަނީ އެގޮތަށް ކުރިއަށްދާނެ ކަމަށް،" މުއިއްޒު ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގެން، ކޮރަޕްޝަނާއި މަނީލޯޑަރިންގެ ކުށުގައި 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންގެންދަވާ ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ، މުއިއްޒުގެ ވައުދެކެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް މުއިއްޒު ގޮވާލެއްވުމާ ގުޅިގެން، ރައީސް ސޯލިހު، ޔާމީން ގެއަށް ބަދަލު ކުރެއްވީ، މިމަހުގެ އެއްވަނަ ދުވަހުއެވެ.