އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިންތިގާލީ ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ހަމަޖައްސައިފިއެވެ.

ދ. ކުޑަހުވަދުއަށް އުފަން ފިރުޒުލްއަކީ މިސްރުގެ އަޒުހަރު ޔުނިވާސިޓީން ކިޔަވާ ވިދާޅުވެފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ހުންނެވީ ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މުއިއްޒުގެ ކެމްޕެއިންގައި އިސްކޮށް އުޅުއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިލްމު އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައެވެ.

އިންތިގާލީ ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު ފިރުޒުލް ހަމަޖައްސަވާފައިވާއިރު ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ޑައިރެކްޓަރު ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ޖެހެއެވެ. އިންތިހާބީ ރައީސް މުއިއްޒު އެ މަގާމަށް ކަނޑައަޅުއްވާފައިވާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.