ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕާޓީ ބަދަލު ކުރެއްވުމާ ގުޅިގެން، މަޖިލީހުގައި ހިމެނިފައިވާ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުން މަޖިލީހުގެ ކޮމިޓީތަކުގައި އެކުލެވޭގޮތަށް ބަދަލުގެނެސް މިއަދު މަޖިލީހުން ފާސް ކުރުމާ ގުޅިގެން ބައެއް ކޮމިޓީތަކަށް މުގައްރިރުންނާއި ނައިބު މުގައްރިރުން އިންތިހާބު ކޮށްފިއެވެ.

އެ ދެ މަގާމަށް މެންބަރުން އިންތިހާބު ކުރަނީ، ކޮމީޓީ ބައްދަލުވުމުގައި ނަގާ ވޯޓަކުންނެވެ. އެގޮތުން ހަ ކޮމިޓީއެއްގެ މުގައްރިރާއި ނާއިބު މުގައްރިރުން މިއަދު ވަނީ ހަމަޖައްސައިފައެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އެންމެ މުހިއްމު ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސާފައި ވަނީ ކުރިން ވެސް އެ ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް ހަމަޖައްސާފައި ވަނީ، ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲއެވެ. ކުރިން އެ ކޮމިޓީގެ ނައިބު މުގައްރިރަކީ މިހާރު ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގެންނަވާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ.

  • ކިިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިދު (އެމްޑީޕީ)
  • ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ (އެމްޑީޕީ)
  • ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ (އެމްޑީޕީ)
  • ފުވައްމުލަކު ދެކުނު ދާއިރާ މެންބަރު މުހައްމަދު މުމްތާޒް (އެމްޑީޕީ)
  • މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)
  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް (އެމްޑީޕީ)
  • ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު އިކްރާމް (އެމްޑީޕީ)
  • މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު (އެމްޑީޕީ)
  • ކުޅުދުއްދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް (އެމްޑީޕީ)
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް (ޑިމޮކްރެޓްސް)
  • ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު (ޑިމޮކްރެޓްސް)
  • އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ޕީޕީއެމް)
  • ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދު (ޕީއެންސީ)
  • ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު (އެމްއެންޕީ)
  • ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު (އެމްޑީއޭ)

އިގުތިސޯދީ ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސާފައި ވަނީ ކުރިން ވެސް އެ މަގާމު އަދާކުރެއްވި އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ. ނައިބު މުގައްރިރަކަށް ހަމަޖެއްސީ މިލަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ރިޒާއެވެ. ކުރިން އެ ކޮމިޓީގެ ނައިބު މުގައްރިރަކީ މިހާރު ޑިމޮކްރެޓްސްއަށް ނިސްބަވްވެވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) އެވެ.

  • އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (އެމްޑިޕީ)
  • މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ (އެމްޑީޕީ)
  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމް (އެމްޑީޕީ)
  • މަނަދޫ ދާއިރާގެ މެންބަރު އަހްމަދު ހާރޫން (އެމްޑީޕީ)
  • ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުގުނީ (އެމްޑީޕީ)
  • ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (އެމްޑީޕީ)
  • ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހްމަދު (އެމްޑީޕީ)
  • ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހްސިން ހަމީދު (އެމްޑީޕީ)
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ޑިމޮކްރެޓްސް)
  • ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް (ޕީޕީއެމް)
  • މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު (ޕީއެންސީ)
  • ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމް (އެމްޑީއޭ)
  • މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް (ޖޭޕީ)
  • ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އަބްދުﷲ (އަމިއްލަ)

ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ މުގައްރިރަކަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ އަދި ނާއިބު މުގައްދިރަކަށް ހޮވުނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއެވެ.

މީގެ ކުރިން އެ ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ، މިހާރު ދަ ޑިމޮކްރެޓްސްގައި ހުންނެވި އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވައިގެން ހަތް ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބެވެ.

  • ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާ (އެމްޑީޕީ)
  • ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދުދީދީ (އެމްޑީޕީ)
  • ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (އެމްޑީޕީ)
  • ދިއްދޫ ދާއިރާގެ މެންބަރު އަބްދުالله ވަހީދު (އެމްޑީޕީ)
  • ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް (އެމްޑީޕީ)
  • ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު (އެމްޑީޕީ)
  • ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން (އެމްޑީޕީ)
  • އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު (އެމްޑީޕީ)
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ޑިމޮކްރެޓްސް)
  • ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު (ޑިމޮކްރެޓްސް)
  • ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް (ޕީޕީއެމް)
  • ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު (ޕީއެންސީ)
  • ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)

އާންމު ކޮމިޓީގެ މުގައްރިރަކަށް ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލް ހަކީމެވެ. ނާއިބު މުގައްރިރަކަށް ހޮވުނީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ކުރިން އެ ކޮމިޓީގެ މުގައްރިރަކީ، ޑިމޮކްރެޓްސްއަށް ނިސްބަތްވެވަޑައިގަންނަވާ އެ ޕާޓީގެ ވަގުތީ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

  • ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމް (އެމްޑީޕީ)
  • ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (އެމްޑީޕީ)
  • އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (އެމްޑީޕީ)
  • މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ (އެމްޑީޕީ)
  • ފުވަމުއްލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (އެމްޑީޕީ)
  • ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު (ޑިމޮކްރެޓްސް)
  • މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (ޑިމޮކްރެޓްސް)
  • ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު (އަމިއްލަ)

ގަވާއިދު ކޮމިޓީގެ މުގައްރިރަކަށް ހޮވުނީ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރެވެ. އޭނާ އަކީ ކުރިން ވެސް އެ ކޮމިޓީގެ މުގައްރިރެވެ. ނާއިބު މުގައްރިރަކަށް ހޮވުނީ، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަނެވެ.

  • ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު (އެމްޑީއޭ)
  • ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން (އެމްޑީޕީ)
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ)
  • މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު (އެމްޑީޕީ)
  • ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދު (އެމްޑީޕީ)
  • ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިމް (އެމްޑީޕީ)
  • ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު (އެމްޑީޕީ)
  • މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް (ޑިމޮކްރެޓްސް)
  • މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ޑިމޮކްރެޓްސް)
  • މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޕީޕީއެމް)

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރަކަށް ހޮވުނީ ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ އެވެ. އޭނާ އަކީ ވެސް ކުރިން އެ ކޮމިޓީގެ މުގައްރިރެވެ. ނައިބު މުގައްރިރަކަށް ހޮވުނީ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.

  • ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ (އެމްޑީޕީ)
  • ކެލާ ދާއިރާ މެންބަރު އިބްރާހިމް ޝަރީފް (އެމްޑީޕީ)
  • ކުރެންދޫ ދާއިރާގެ މެންބަރު އަބްލްގަނީ އަބްދުލްހަކީމް (އެމްޑީޕީ)
  • ގެމަނަފުށި ދާއިިރާގެ މެންބަރު އަހްމަދު ސައީދު (އެމްޑީޕީ)
  • ދިއްގަރު އަހްމަދު އިކްރާމް (އެމްޑީޕީ)
  • ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ (އެމްޑީޕީ)
  • އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ޑިމޮކްރެޓްސް)
  • މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ޑިމޮކްރެޓްސް)