ޗައިނާގެ ހަންގްޒޫގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ވޮލީބޯޅަ އިވެންޓްގެ ފައިނަލް މެޗު ކާމިޔާބުކޮށް އީރާން އަނެއްކާވެސް ގޯލްޑް މެޑަލް ހޯދައިފިއެވެ.
ފައިނަލްގައި ޗައިނާއާ ވާދަކޮށް އީރާން މޮޅުވީ ތިން ސެޓް އެއް ސެޓުންނެވެ. ސެޓްތައް ނިމުނީ 19-25، 25-14، 25-22، އަދި 26-24 އިންނެވެ. މިއީ އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ވޮލީބޯޅައިގެ ގޯލްޑް އީރާނުން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ.
މިފަހަރު ބްރޯންޒް މެޑަލް ހޯދީ ޖަޕާނެވެ. ސެމީން ބަލިވި ދެ ޓީމު ކަމަށްވާ ގަތަރާއި ޖަޕާން ބައްދަލުކޮށް ތިން ސެޓް އެއް ސެޓުން މޮޅުވީ ޖަޕާނެވެ. މުބާރާތުގެ ފަސްވަނަޔާއި ހަވަނަ ކަނޑައެޅުމަށްޓަކައި ޕާކިސްތާނާއި އިންޑިޔާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޕާކިސްތާނެވެ.
ޚަބަރު
ޚަބަރު
ޚަބަރު