ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅަށް ޑުރަގް ވައްދައި، އެ ގެ ރެއިޑްކުރަން ރާވަން ފަށާފައިވާ ކަމަށް ބުނެ ޗެނަލް 13 އިން ގެނައި ހަބަރު ފުލުހުން ދުގޮކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޗެނަލް 13ގެ އެ ހަބަރަކީ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި އެ އިދާރާގެ ހިދުމަތުގެ އަގުވައްޓާލުމުގެ ގޮތުން ގެނެސްފައިވާ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް، ޒިންމާދާރުކަމެއް ނެތި އަދި މައުލޫމާތުގެ ސައްހަކަން ބެލުމަށް އެއްވެސް މަސައްކަތެއް ނުކޮށް ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ގެނެސްދިނުމަކީ ކުށްވެރިކުރާ ކަމެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ ނޫސްވެރިކަމުގެ އަސާސީ މިންގަނޑުތަކާ ހިލާފަށް އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު