ޔުއެފާ ޔޫރޮޕާ ލީގުގެ ގްރޫޕް ފިޔަވަހި ފެށުމުގެ ގޮތުން ރޭ އޮސްޓްރިޔާގެ ލިންޒާ ދެކޮޅަށް ކުޅުނު މެޗު މުބާރާތުގެ މިފަހަރުގެ ފެވަރިޓް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ އިންގްލެންޑްގެ ލިވަޕޫލް ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.
ގްރޫޕް އީގެ މި މެޗު ކުޅުނީ އޮސްޓްރިޔާގެ ލިންޒްގައެވެ. ލިވަޕޫލް މޮޅުވީ ތިނެއް އެކަކުންނެވެ. ފުރަތަމަ ހާފުގައި ލިންޒުން ގޯލެއް ޖަހައި ލީޑު ނަގާފައިވަނިކޮށް ފަހަތުން އަރައި ލިވަޕޫލްގެ ތިން ގޯލްވެސް ޖަހާފައިވަނީ ފަހު ހާފުގައެވެ. ލިވަޕޫލަށް ގޯލް ޖަހައިދިނީ ޑާވިން ނުނޭޒް އާއި ލުއިސް ޑިއާޒް އަދި މުހައްމަދު ސަލާހެވެ.
މި ގްރޫޕްގެ އަނެއް މެޗުގައި ފްރާންސްގެ ތުލޫޒާއި ބެލްޖިއަމްގެ ރޯޔަލް ޔޫނިއަން ބައްދަލުކުރި މެޗު ބެލްޖިއަމްގައި ނިމުނީ އެކެއް އެކަކުން އެއްވަރުވެގެންނެވެ. މި މެޗު އެއްވަރުވުމުގެ މާނަޔަކީ ކޮންމެ ބަޔަކުވެސް އެއް މެޗު ކުޅެގެން ތިން ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ ލިވަޕޫލަށް ލިބުމެވެ.
ލިވަޕޫލްގެ ފެށުން ރަނގަޅުކުރި އިރު އިންގްލެންޑުގެ ބްރައިޓަނަށް ކުރިމަތިވީ ނާކާމިޔާބެވެ. ގްރޫޕް ބީގައި ގްރީސްގެ އޭއީކޭ އެތެންސާ ވާދަކޮށް އަމިއްލަ ދަނޑުގައި ބްރައިޓަން ވަނީ ތިނެއް ދޭކުން ބަލިވެފައެވެ. މި ގްރޫޕްގައި ފްރާންސްގެ މާސޭ އާއި ހޮލެންޑުގެ އަޔެކްސް ކުޅުނު މެޗު ހޮލެންޑުގައި ނިމުނީ ތިނެއް ތިނަކުން އެއްވަރުވެގެންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު