ސިވިލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެ ކޯޓުގެ ގާޒީ ފަރުހާދު ރަޝީދާ ހަވާލުކޮށްފިއެވެ.
އެ ކޯޓުގެ ހިންގުން ގާޒީ ފަރުހާދާ ހަވާލު ކޮށްފައި މިވަނީ، އެ ކޯޓުގެ އިސްގާސީ އަހުމަދު ނިމާލް ޖުނެއިދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ރޭ ދަންވަރު 1:00 އެހާއިރު އައިޖީއެމްއެޗް ހޮސްޕިޓަލުގައެވެ. ނިމާލް އަވަހާރަވީ އިރު، އުމުރަކީ 36 އަހަރެވެ.
ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމަށް ނިމާލް އައްޔަން ކުރީ، މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު