ވެރިކަންކުރާ ޕާޓީ އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް އޮންނަ ގޮތަށް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރު، މަޖިލީހުގެ ދާއިމީ ކޮމިޓީގައި ހިމެނިފައިވާގޮތަށް ބަދަލު ގެންނަން ޖެހުނީ އެމްޑީޕީން ވަކިވެގެން ގޮސް ދަ ޑިމޮކްރެޓްސް އުފެއްދެވި މެންބަރުން، މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅީގެން ކޮމިޓީތަކަށް އައި ބަދަލު ފާސްކުރީ މަޖިލިސް ޖަލްސާގައި ތިއްބެވި 37 މެންބަރުންގެ ތެރެއިން 16 މެންބަރުން ވޯތު ދެއްވައިގެންނެވެ.
- އާންމު ކޮމިޓީ: އެމްޑީޕީ 5، ޑިމޮކްރެޓްސް 2، އަމިއްލަ 1
- ޕެޓިޝަން ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2
- ސުލޫކު ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 1، ޕީއެންސީ 1، އެމްޑީއޭ 1، ޖޭޕީ 1، އަމިއްލަ 1
- ގަވާއިދު ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، އެމްޑީއޭ 1
- މާލިއްޔަތު ކޮމިޓީ: އެމްޑީޕީ 9، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1، އެމްޑީއޭ 1
- އިގުތިސޯދީ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، ޕީއެންސީ 1، އެމްޑީއޭ 1، ޖޭޕީ 1، އަމިއްލަ 1
- އިޖުތިމާއީ ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2، ޕީޕީއެމް 1
- މިނިވަން މުއައްސަސާތަކުގެ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، އެމްއެންޕީ 1
- ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1
- ތަރިކައިގެ ކޮމިޓީ: އެމްޑީޕީ 6، ޑިމޮކްރެޓްސް 2
- ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1، އަމިއްލަ 1
- ލާމަރުކަޒީ ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، އަމިއްލަ 1
- ޖުޑިޝިއަރީ ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 1، ޕީޕީއެމް 1، ޖޭޕީ 1، އަމިއްލަ 1
- އެންވަޔަރަމަންޓް ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 2، ޖޭޕީ 1
- ހިއުމަން ރައިޓްސް ކޮމިޓީ: އެމްޑީޕީ 7، ޑިމޮކްރެޓްސް 2، އެމްއެންޕީ 1
- އެސްއޯއީ ކޮމިޓީ: އެމްޑީޕީ 8، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1
- 241 ކޮމިޓީ: އެމްޑީޕީ 10، ޑިމޮކްރެޓްސް 2، ޕީޕީއެމް 1، ޕީއެންސީ 1، އެމްއެންޕީ 1، ޖޭޕީ 1، އެމްޑީއޭ 1، އަމިއްލަ 1
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު