ޗައިނާއާ ދެކޮޅަށް ފަތުރާ ދޮގު ހަބަރުތައް ތަހުގީގުކޮށްދިނުމަށް ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ދިވެހި ސަރުކާރުގައި އެދިއްޖެއެވެ.
ޗައިނާއިން މިއަދު ހެނދުނު ނެރުނު ނޫސްބަޔާނެއްގައި ބުނީ, ރާއްޖޭގެ މަދު ނޫސްވެރިންތަކެއް ޗައިނާއާ ދެކޮޅަށް ދޮގު ވާހަކަތައް ފަތުރަމުންދާ ކަމަށާއި އެކަމުގެ ބޭނުމަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އަސަރު ކުރުވުން ކަމަށެވެ.
"ޗައިނާގެ އަބަދުވެސް ސިޔާސަތަކީ އެހެން ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުން ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކަކީ ހަމައެކަނި ރާއްޖޭގެ އިގްތިސޯދީ އަދި އިޖުތިމާއީ ކުރިއެރުމަށް ކުރެވިފައިވާ މަސައްކަތްތަކެއް. އަދި އެކަމުން ދިވެހިންނަށް ގިނަ ފައިދާތަކެއް ވެފައިވޭ," ޗައިނާގެ އެމްބަސީގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ, ފޭކު ހަބަރުތަކުން ދިވެހިންނަށް އޮޅުވައި ނުލެވޭނެ ކަމަށެވެ. ނަމަވެސް އެ ހަބަރުތައް ތަހުގީގު ކުރުމަށް ދިވެހި ސަރުކާރުގައި އެދިފައިވާނެ ކަމަށާއި ޗައިނާ އާއި ރާއްޖެއާ ދެމެދުގައި އޮތް އެކުވެރިކަން ފުނޑުފުނޑު ކުރުމަށް ކުރާ މަސައްކަތް ނާކާމިޔާބުވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު