ހުޅުމާލޭގައި ދުވަން ނުކުމެ އުޅުނު މީހަކު މަގުމަތީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލޭ އުނިގަސް މަގުގައި މީހަކު ވެއްޓިފައި އޮތް ކަމަށް ބުނެ ފުލުހަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 8:00 ހާއިރު ކަމަށެވެ. މަރުވެފައި އޮއްވައި ފެނުނީ 68 އަހަރުގެ ސިންގަޕޫރު ރައްޔިތެއް ކަމަށް ފުލުހުން ބުނެ އެވެ.

އެމީހާ ނަގައިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެއީ ބިދޭސީ ފިރިހެނެއް ކަމަށާއި ދުވަން ނުކުމެ އުޅުނު ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.