ނިޕާ ވައިރަސްގައި ދެމީހުން މަރުވެ އިންޑިއާގައި އެލާޓް ނެރެފިއެވެ.
އިންޑިއާގެ ދެކުނުން އޮންނަ ކެރެލާ ސްޓޭޓްގައި މަރުވި ދެމީހަކު ނިފާ ވައިރަސް އަށް ކުރި ޓެސްޓު ޕޮޒިޓިވް ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ. ކެރެލާގެ އޮފިޝަލުން ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ފުރަތަމަ މީހާ މަރުވެފައިވާއިރު މިމަހުގެ ކުރީ ކޮޅު ދެވަނަ މީހަކު މަރުވެފައިވާކަމަށް ބުނެފައެވެ.
މަރުވި މީހުންނާ ތިމާގެ ދެމީހަކު ނިފާ ވައިރަސް އަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ކެރެލާގެ ސަރުކާރުން ވަނީ އެކްސްޕާޓުންގެ ޓީމެއް އެ ސިޓީގެ އެކި ހިސާބުތަކުގައި ވައިރަހުގެ ނުރައްކާ ހުރި މިންވަރު ބެލުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގައި ބައެއް މީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔޭގެ ސިއްހަތާ ބެހޭ މައި އިދާރާ ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ނިޕާ ވައިރަސް ފެތުރެނީ ޖަނަވާރުންގެ ފަރާތުންނެވެ. އޫރުގެ އިތުރުން ވާލުގެ ސަބަބުން ނިފާ ވައިރަސް އިންސާނުންނަށް ފޯރާކަމަށް ފާހަގަކޮށްފައިވެއެވެ.
ނިފާ ވައިރަސް ޖެހޭ ބައެއް މީހުންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެންނަ ނަމަވެސް ބައެއް މީހުންނަށް ނޭވާ ލުމަށް އުނދަގޫ ވުމުގެ މައްސަލަ ދިމާވެއެވެ. އަދި މީގެ އިތުރުން ވައިރަހުގެ އަސަރު ސިކުނޑިއަށްވެސް ކުރާކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މިއީ ކެރެލާގައި 2018 ވަނަ އަހަރުގެ ފަހުން ނިފާ ވައިރަސް ފެތުރެން ފެށި ހަތަރު ވަނަ ފަހަރުކަމަށް ކެރެލާގެ ސިއްހީ ވުޒާރާއިން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ