ހުޅުމާލޭގެ ފޭސް އެކެއްގގެ އަމީން އެވެނިއު ކައިރީ ހުރި އިމާރާތެއްގައި އަލިފާން ރޯވެ، އަނދަމުން އެބަދެއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހުޅުމާލެ އަމީން އެވެނިއު ކައިރީ ހުރި ގެއެއްގެ ޓެރެސްގައި ރޯވެގެން ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 8:39 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނީ ރޯވެފައިވަނީ ޓެރަސްގައި ތިނުން ހަދާފައި ހުރި ތަނެއްގައި ކަމަށާއި ރޯވި އަލިފާންގަނޑު މިހާރި ނިއްވާލެވިފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ރޯވީ ހުޅުމާލެ ހަ ފްލޯގެ އިމާރާތެއްގެ ޓެރެސްގައެވެ.
ޚަބަރު
ޚަބަރު