މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، އުމުރުން 18 ވާ ޒުވާނުންނަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމަހުގެ ނިޔަލަށް އުމުރުން 18 ފުރޭ ޒުވާނުންނަށް، މި މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބު 2023 ގެ ދެވަނަ ބުރުގެ ރީ-ރެޖިސްޓްރޭޝަންގައި ބޭނުންކުރާނީ ފުރަތަމަ ބުރުގައި ވެސް ބޭނުންކުރި ފޯމު ކަމަށާއި އޮންލައިންކޮށްވެސް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.
އެންމެ ފަހުން އީސީިން ހެދި ހިސާބުތައް ދައްކަގޮތުން ރިޔާސީ އިންތިހާބު 2023ގެ ފުރަތަމަ ބުރުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އަދި ފުރަތަމަ ބުރުގައި ޖުމުލަ 574 ވޯޓު ފޮށި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ ބަހައްޓައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު