އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވަކި ކެންޑިޑޭންޓަކަށް ވޯޓުލުމަށް ބުނެ ރިޝްވަތު ހުށަހަޅާ ނަމަ، އެކަން އެ ކޮމިޝަނަށް ހުށަހަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެއެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެންޑިޑޭޓް ނުވަތަ ކެންޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުން، ވަކި މީހަކަށް ވޯޓުލުމަށް ނުވަތަ ވޯޓުނުލުމަށް، ނުފޫޒު ފޯރުވައި ރިޝްވަތުގެ ގޮތުގައި ފައިސާ ދީ އަދި މާއްދީ ގޮތުން ފައިދާއެއް ވެދާނެ ފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.
"މީގެ ތެރެއިން ވަކި ގޮތަކަޑް ވޯޓު ދިނުމަށް ނުވަތަ ހުށަހަޅާ ރިޝްވަތާ ދެކޮޅު ހަދައި، އެފަދަ ހުށަހެޅުންތައް ގަބޫލުނުކުރަން އިލްތިމާސްކުރަމެވެ. ވީމާ ރިޔާސީ އިންތިހާބާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ފާހަގަކުރެވޭ ނަމަ، އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅުމަށް ދަންނަވަމެވެ،" އޭސީސީން ބުންޏެވެ.
އޭސީސީން ވަނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ މަސައްކަތާއި ވޯޓު ދިނުމުގައި ނަޒާހަތްތެރިވުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެ ކޮމިޝަނުން އަޅަމުން ގެންދާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު