މާލޭގެ ފިހާރައެއްގައި ރޯވެ އެއްކޮށް އަނދައި ހުލިވެއްޖެއެވެ.

ރޭ ފަތިހު 4:37 ހާއިރު ހިނގި އަލިފާނުގެ ހާދިސާގައި ރޯވީ ރަތްވިލާގޯޅީގައި ހުންނަ "ވެގް ޕޮއިންޓް" ފިހާރައިގައެވެ. އެ ހާދިސާގައި ފިހާރައިގައި ހުރި ހުރިހާ މުދަލަކާ އެކު ތަން ވަނީ އަނދައި އަޅިއަށްވެފައެވެ

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ އަލިފާނުގެ ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ނުލިބޭ ކަމަށެވެ. ނަމަވެސް ފިހާރަ ކުރިމަތީ ހުރި 15 ވަރަކަށް ސައިކަލުވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.