ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މި ހަފުތާގައި ފަށާނެ ކަމަށް އާބަންކޯ އިން ބުނެފިއެވެ.
އާބަންކޯއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް މި ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާތީ އެ ސަރަހައްދުގެ ފަޅުގައި އަޅާފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އެދޭ ކަމަށެވެ. އަދި އެ އުޅަނދުތައް މަސައްކަތު ސައިޓުގެ ބޭރުގައި އެޅުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށްވެސް ބުންޏެވެ.
އާބަންކޯއިން އާންމުކޮށްފައިވާ މަސައްކަތުގެ ޕްލޭންގައިވާ ގޮތުން، ހުޅުމާލެ ފޭސް ތިނެއް ހިއްކުމަށް ހަމަޖެހިފައި ވަނީ ތިން ސްޓޭޖަކަށް ބަހާލައިގެންނެވެ. ފުރަތަމަ ސްޓޭޖުގައި ހިއްކުމަށް ހަމަޖެހިފައި ވަނީ 10 ހެކްޓަރެވެ. ދެވަނަ ސްޓޭޖުގައި 29 ހެކްޓަރު އަދި ތިންވަނަ ސްޓޭޖުގައި ހިއްކުމަށް ހަމަޖެހިފައިވަނީ 24 ހެކްޓަރެވެ.
ހިއްކާ ސަރަހައްދުގެ މެދަށްވާ ގޮތަށް ވޯޓާ ފްލޯ ޗެނަލް، އޮއެ ދައުރުކުރަން ހަނި ކޯރެއް ކަނޑާނެއެވެ. އެ ކޯރަކީ މިހާރުވެސް ފޭސް ދޭއްގައި އޮންނަ ކޯރާ ދިމާވާ ގޮތަށް ކަނޑާ ކޯރެކެވެ.
އާބަންކޯއިން ވަނީ މިދިޔަ ހޯމަ ދުވަހު ދިޔަނެރުފަޅު، ހުޅުމާލެ އަދި ތިލަފުށި ހިއްކުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.
ހުޅުމާލެ ތިނެއް ހިއްކައި އެތަނުން މާލޭ ރައްޔިތުންނަށް ލިބިފައިވާ ގޯތީގެ އިންކަނޑައިދިނުމަށް ހައުސިން މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު