އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، އާސަންދައިގެ ނިޒާމު އޮތީ ފެއިލްވެފައި ކަމަށާއި އާސަންދައަށް އޮތީ ފަރުވާކުރަން ޖެހިފައި ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ އާއި ޕީއެސްއެމް ގުޅިގެން ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގައި ކުރިއަށްގެންދާ "ސަންގު ބަހުސް"ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެން، އާސަންދައިގެ ނިޒާމު ހަރުދަނާކޮށް، ބޭހުގެ އަގުތަކަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވެރިކަމަށް އައި އިރުގައި، ސިއްހީ ދާއިރާ އޮތީ ފެއިލްވެފައި. ހާއްސަކޮށް އާސަންދައަށް އޮތީ ފަރުވާކުރަން ޖެހިފައި. އެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް މި ގެންދަނީ. އެގޮތުން ބަލްކް ޕްރޮކިއުމަންޓަށް މިހާރު ބޭސް އެތެރެކުރުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް މި ގެންދަނީ. އަދި ޔޫރަޕުން ސީދާ ބޭސް ގެނެވޭގޮތަށް އެއްބަސްވުންތައް ހަދައިގެން ކުރިއަށް އެބަ ގެންދެވޭ. ބައެއް ބޭސްތަކުގެ އަގު އޭރު ހުރިވަރު މިހާރު އަޅުގަނޑުމެންނަށް ހާމަނައިޒްކޮށް، ދަށް ކުރެވިއްޖެ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވޯލްޓްރަން އާއި އިންސިއުލިން ފަދަ ބޭސްތަކާއެކު ޖުމުލަ 71 ބޭހެއްގެ އަގު މިހާރު ތިރި ކުރެވިއްޖެ ކަމަށާއި އެކަމުގެ ސަބަބުން ބޭހަށް ކުރަންޖެހޭ ހަރަދު ވަރަށް ބޮޑުތަން ކުޑަކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރަށް ވެސް މަސައްކަތްތައް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ގެނައި ބަދަލާއެކީގައި ގާތްގަނޑަކަށް 200 ރުފިޔާއަށް ތިރި ކުރެވިއްޖެ. އަޅުގަނޑުމެންނަށް 71 ބޭހެއްގެ އަގު މިގޮތަށް ހާމަނައިޒް ކުރެވިއްޖެ. އޭގެ ސަބަބުން 20 މިލިއަން ރުފިޔާ ހަމައެކަނި 71 ބޭހުން އަޅުގަނޑުމެންނަށް ސަލާމަތްކުރެވިއްޖެ. ކުރަން ހުރި މަސައްކަތްތައް އަދިވެސް ވަރަށް ގިނަ. ރާއްޖޭގައި ހޮސްޕިޓަލުތައް މި އަޅަނީ ވެސް އެހެންވެގެން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފެންވަރު ދަށް ބޭސްތައް ރާއްޖެއަށް އެތެރެވެފައިވަނީ އެކްސްކްލޫޓިވިޓީ އޮތުމުން ކަމަށާއި އެކަން އުވާލައި، ޔޫރަޕާއެކު އެއްބަސްވުންތަކުގައި ސޮއިކޮށް އެކަމަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު