ހއ. މެދުފުށި އަދި ށ. ނަލަންދޫގައި ރިސޯޓު ހެދުމަށް ބީލަމަށް ލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެ ދެ ރަށުގައި ރިސޯޓު ހެދުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިމަހުގެ 30 ވަނަ ދުވަހުގެ 11:00 ގައި ބައްދަލުވުމެއް ބާއްވާނެ ކަމަށެވެ. އަދި އަންނަ މަހުގެ 21 ވަނަ ދުވަހުގެ 10:00 ގެ ކުރިން މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށަހަޅަންވާނެ ކަމަށެވެ.
އެ ދެ ރަށުގައި ރިސޯޓު ހެދުމަށް ބިލާމަށް ހުޅުވާލި އިރު، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ މެދުފުށި އަދި ނަލަންދޫގައި ރިސޯޓެއް ތަރައްގީކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މެދުފުށީގައި ތަރައްގީކުރަނީ 120 އެނދުގެ ރިސޯޓެއް ކަމަށާއި އެތަނުގެ ލޭންޑު އިކުއިޒިޝަން ކޮސްޓަކީ 875،000 ޑޮލަރު ކަމަށެވެ. މެދުފުއްޓަކީ 11.74 ހެކްޓަރުގެ ބޮޑު ރަށެކެވެ. ނަލަދޫންގައި ތަރައްގީކުރަން ހަމަޖެހިފައިވަނީ 200 އެނދުގެ ރިސޯޓެކެވެ. ނަލަންދޫއަކީ 63.99 ހެކްޓަރުގެ ބޮޑު ރަށެކެވެ. އެ ރަށުގެ ލޭންޑު އިކުއިޒިޝަން ކޮސްޓަކީ އެއް މިލިއަން ޑޮލަރެވެ.
މެދުފުށީގައި ރިސޯޓު ހެދުމަށް ކުރިމަތިލާ ކުންފުނިތަކުން ދެ މިލިއަން ޑޮލަރު އަދި ނަލަންދޫގައި ރިސޯޓު ހަދަން ކުރިމަތިލާ ކުންފުނިތަކުން 10،000،000 ޑޮލަރު ދައްކަން ޖެހޭނެ ކަމަށާއި އަދި ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 50،000 ޑޮލަރު ދައްކަންޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު